٢٠١٠-٠٩-٠٤

ލިޔެސް ޤުރުއާން މުބާރާތުގެ ކިޔެވުން މިއަދު ނިމިއްޖެ

 ދެދުވަހުގެ މުއްދަތަށް ދެމިގެން ދިޔަ މި މުބާރާތުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ނުބަލާ ކިޔުމުގެ ބައެވެ. މިއަދު ހެނދުނު 10 ޖަހާއިރު ފެށިގެން ކުރިއަށް ދިޔަ ނުބަލާ ކިޔުމުގެ ދަންފަޅީގައިވެސް ވަރަށް ގިނަ ޢަދަދެއްގެ ކުދިންނެއް ވަނީ ބައިވެރިވެފައެވެ.
މި މުބާރާތް ނިންމުމުގެ ގޮތުން ވާހަކަ ފުޅު ދައްކަވަމުން އަލް އަޚް ސަލީމް ޙުސައިން ވިދާޅުވީ، މި މުބާރާތުގެ ޢިނާމް ދިނުމުގެ ޖަލްސާ ފިޠުރު ޢީދު ދުވަހުގެ ރޭ އިރާދަކުރެއްވިއްޔާ އޮންނާނެކަމަށެވެ.
މި މުބާރާތަށް އިންޞާފުކޮއްދެއްވުމަށް ވަޑައިގެންނެވި ދެ ފަނޑިޔާރުންނަކީ ނ.ލަންދޫ އަލް އަޚް ޢަލީ މޫސާ އާއި ނ.މާޅެންދޫ އަލް އަޚް ހުސައިން ޝިޙާބް އެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ