٢٠١٠-٠٩-٠١

ޔާ ބަނީ އާދަމް


 ލިޔުނީ: އަލް އަޚު މުޙަންމަދު ނަޞީމް
އޭ  ބަނީއާދަމް   ތެދޭ ކަލެއަށް  އެނގޭހެއްޔޭ  އެކަން
ހޭދަކުރިޔަސް   އުފަލުގައި  އަދު  މާދަމާ  މަރުވާނެކަން
ރޭދުވާ  އުފަލާ   އަރާމުގަ    ހޭދަކުރިޔަސް   މާދަމާ
ނޭދުނަސް އަދި ނުރުހުނަސް ފަސްގަނޑު ތެރޭ ވަޅުލާނެކަން
ފަޚުރުވެރިވެ  ބޮޑާކަމާއެކު  ހިނގިޔަކަސް  އަދު ބިންމަތީ
މަރުވުމުން އެއްކަލަ  ބިމުގެ ތެރެއަށް ތިބާވެސް ދާނެކަން
ކުޅިވަރާ  މަޖަލުގެ  ތެރޭގައި  ހެވިފަ އުޅުނަސް  މާދަމާ
މުޅި އުމުރުގައި ނުޖެހުނަސް ކަށްވަޅުގަ ރޯންޖެހިދާނެކަން
އަޅުކަމެއްމެ ނުކޮށް މިއަދު އުޅުނަސް ދުނިޔެ ހާސިލުކުރަން
ފަޅުކަމާ   ނާމާންކަމުގަ   ނިކަމެތިވެ  އެކަނިވެދާނެކަން
މީރުހާ  ކާތަކެތި  ކައިބޮއި  އުޅުނަކަސް  އަދު މާދަމާ
މީރު ކާއެއްޗެއް ފަދައިން ތިޔަ ޖިސްމު ފަނިތައް ކާނެކަން
ފާފަތައް  ތަކުރާރުކުރަމުން  ޖެހިލުމެއްނެތި އުޅުނަކަސް
ފާފައިން  ތަޢުބާނުވާ   ނަމައީ   އަޒާބު   ލިބޭނެކަން
ދުނިޔެއަށް  ވީތީ އުފަން ފިކުރެއް ހިޔާލެއް ނެތި ތިހެން
އުނިކަމެއް ނެތި އުޅުނަކަސް މާދަން  ސުވާލު ވެވޭނެކަން
މަޚުޝަރުގެ މައިދާނުގައި ޢަމަލުގެ އެފަތް ލިބުމުން އަތަށް
ފަހުވަގުތު އިތުރަށް ކުރާނެ ކަމެއް ދެނެއް  ނޯންނާނެކަން

2 ޚިޔާލު:

غير معرف يقول...

މީ އެހެން ސައިޓަކުން ކޮޕީ ކޮއްފައިން ލެމެއްތަ ވަރަށް ވައްތަރު

ލަންދޫ ހޮޅުއަށި يقول...

ހޫމް، ރީތިވީމަ ނެގުނީ

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ