٢٠١٠-٠٩-٠١

ހިންދާމު ޞޫރަދެއްވާ

ކިޔައިފާވަނީ: އަލް އަޚު ޢަލީ ރަމީޒް ބިން ޤާސިމް
އަލްބަމް: އޭ އުޚުތާ
ހިންދާމު ސޫރަދެއްވާ ނެތުމުގެ ތެރެއިން ވުޖޫދަށް
    ވިންދާ ފުރާނަ ލެއްވީ ހަށިތަކުގެ ވެރި އިލާހޭ
އިންސާނު ޖިންނި ލައްވާ ދުނިޔޭގެ ބިންމަތީގައި
ދެން ސާހިބަކު ފޮނުއްވީ ހަމަ އެންމެވީ އިލާހޭ
............................................................
ފެންއާރު ކޯރު މޫދާ ކަނޑުގައި އުޅޭ ދަވާއްބާ
އެއްގަމު ދިރޭތަކެތިވެސް ކިޔަމަން ކުރީ އިލާހޭ
އެންދެރިމުތީގެ މަޢުދަން ލޮނުގަނޑު ތެރޭގަލައްވާ
ގެންދަން ލިބޭނެ ގޮތަކަށް މަގުދެއްކެވީ އިލާހޭ
ޢާލަމުތަކުގެ ނިޒާމާ އިރުހަނދުގެ ދަޢުރުވާގޮތް
ޢާލަމްތަކަށް ނުބައްސާ ތަޤުދީރުކުރި އިލާހޭ
..........................................................
ހުސްބިންގަނޑެއްގެ މައްޗަށް ވެއްސާފެނުން ދިރުންދީ
އުސްކޮށް ހެދޭނެ ފަދައިން ބުސްތާނު ކުރި އިލާހޭ
މާމުއި ހަތާގެ ކަންޒާ މާމަލުގެ ފޮނިގެނެސްގެން
މާމުއި އެއަށް ހެދޭހެން އިލްޙާމުކުރި އިލާހޭ
ކަޅުފޮއެ އަނދިރި ރެޔެއްގައި ފަޅުހިލަގަނޑެއްގެ ތެރެއިން
ކަޅުހިނި ހިރޭ ހިރުންވެސް ދެކެއައްސަވާ އިލާހޭ
............................................................

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ