٢٠١٠-٠٩-٠١

އެނާގެ ދެލޯ އަނދިރީ ހެއްޔެވެ؟

ތަރުޖަމާކުރެއްވީ: އަޙްމަދު އަސްލަމް
ސްކޮޓްލޭންޑުގެ މުސްލިމަކު ބަލިވެގެން ހޮސްޕިޓަލުގައި އެނދުމަތިކުރިއެވެ. މި ޒުވާނާ އެނދުމަތިކުރިތާ ހަތަރުވަނައަށް ވީ ދުވަހު، އޭނާ ގެއަށް ފޮނުވާލުމަށްޓަކައި ޑޮކްޓަރު އައިސް ބެލުމަށްފަހު، ދިއުމުން އެތާހުރި ނަރުސް ކުއްޖެއް އައިސް މި ޒުވާނާގެ ކައިރިއަށް ޖެހިލާފައި ބުންޏެވެ. "އަހަރެން ބޭނުން ތިބާއާ ކައިވެނި ކުރަން".
"ކީއްވެ އަހަރެންނާ ކައިވެނި ކުރަން ބޭނުންވަނީ؟ އަހަރެންނަކީ މުސްލިމެއް، އަހަރެން ބޭނުމެއް ނޫން މުސްލިމަކާ ނޫނީ ކައިވެނި ކުރާކަށްވެސް". ޒުވާނާ ޖަވާބުދިނެވެ.
"އަހަރެން މުސްލިމަކަށް ވެދާނަން. އަހަރެންނަށް މިހާރު ތިޔައީ އެންމެ ރަނގަޅު ދީންކަން ވިސްނިއްޖެ." ނަރުސް ކުއްޖާ ބުންޏެވެ.
"ބުނެދީފާނަންތަ ކީއްވެކަން އަހަރެންނާއި ކައިވެނި ކުރަން ބޭނުންތި ވަނީ؟" ޒުވާނާ ހައިރާންވެފައި ސުވާލުކުރިއެވެ.
"އަހަރެން މިއޮތް ހުރިހާދުވަހު މި ހޮސްޕިޓަލުގައި މަސައްކަތް ކުރިއިރުވެސް އަހަރެން ނުދެކެން ތި ނޫން މީހަކު އަންހެން ކުދިން ފެނުނީމައި އިސްދަށަށް ޖެހުމާއެކު، އަންހެނުންނަށް އެހާ އިޙްތިރާމްކޮށް ނުހަނު ރިވެތި ގޮތުގައި މުޢާމަލާތްކުރާ މީހެއް. އެހެން މީހުން ހަދާހެން ފޮށެގަތުމުގެ ނަޒަރެއް، ހުށަހޮޅިގަތުމުގެ އިޝާރާތެއް ތިބާގެ ކިބައަކުން އަހަރެންނަކަށް ނުފެނޭ، އެހެންވެގެން އަހަރެންނަށް ވިސްނުނު ގޮތުގައި ތިބާގެ ގައިގައި ހަރުލާފައި ތިހުރި ރިވެތި އާދަތަކުގެ ވެރި ދީނަކީ ހައްޤު ދީން."
ހަދީޘްގައި ވެއެވެ. "ޙަރާން ކޮންމެ ބެލުމަކީ އިބްލީހުގެ ވިހަ ތީރުތަކުގެ ތެރެއިން ތީރެކެވެ. ފަހެ ﷲ އަށް ބިރުވެތިވެ، އެކަން ދޫކޮށްލައިފި މީހާއަށް، އޭނާގެ ހިތަށް މީރުކަން ލިއްބައިދޭ ފަދަ އީމާންތެރިކަމެއް މާތްރަސްކަލާނގެ އޭނާއަށް ދެއްވަވާނެއެވެ."

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ