٢٠١٠-٠٩-١٦

މީރު ސައިތަށި - އިބުރަތްތެރި ވާހަކައެއް

ޕާކިސްތާނުގެ އަވަށެއްގައި އުޅުނު ވަރަށް މުއްސަނދި އަދި އެހާމެ ބޮޑާ މީހެކެވެ. މީނާ އަކީ ލާރިފައިސާ ހޯދުމުގައި އަދި ހޭދަކުރުމުގައިވެސް ޙަރާމެއް ޙަލާލެއް ބަލާ މީހެއް ނޫނެވެ. ސަލާންޖަހާ މީހަކު އަޔަސް ވެސް ބޮޑާކަމާ އެކުގައި އޭނާއަށް ފުރަގަސްދެއެވެ. ކުރުގޮތަކަށް ބުނަނީ ނަމަ އޭނާ ވަނީ އޭނާގެ ދުނިޔެއަށްޓަކައި އާޚިރަތް ވިއްކާލާފައެވެ.

ކުޑަކޮށް ބޯހަމަނުޖެހޭ ދަރިޔަކު މިމުއްސަނދި މީހާއަށް ލިބިފައިވެއެވެ. އެއްދުވަހަކު މިމުއްސަނދި މީހާ މީނާގެ މިދަރިފުޅަށް ގޮވާލާފައި ބުންޏެވެ. “ދަރިފުޅާ ދޭބަލަ ބައްޕައަށް ކަޅުސައި ތައްޓެއް ހަދައިދޭން”. ކުޑަ ވަގުތު ކޮޅަކަށްފަހު އެއްކަލަ ކުއްޖާ ސައިތައްޓެއް ހަދައިން ގެނެސްދީފިއެވެ. މީނާ މިސައިތަށިން އެތިފޮދެއް ބޯލާފައި ހައިރާންވެ ދަރިފުޅާއި ސުވާލު ކުރިއެވެ. “ހާދަ މީރޭ މި ސައިތަށި، ދަރިފުޅު ކިހިނެއް މިސައިތަށި ތައްޔާރު ކުރީ؟” މުއްސަނދިމީހާ ދަރިފުޅާއި ސުވާލު ކުރިއެވެ.

“އަހަރެން ފެންހޫނުކުރަން ދަރުކޮޅެއްބަލާ ގޭ އެފަރާތަށް ދިޔައިރު ވާރޭ ވެހޭ، އެހެންވެގެން ދަރުތައް ތެމިފަ ހުންނާނެތީ ދިޔައީ ބައްޕަގެ ކޮޓަރިއަށް، ދެން އެތާހުރި ފޮއްޓަކުން ބައިވަރު ކަރުދާސް ލާރިތަކެއް ނަގައިގެން އޭތި ރޯކޮށްގެން ފެން ހޫނުކުރީ، ދެން ސައިފަތާއި ހަކުރު އަޅާފައި ގިރައިގެން މި ގެނައީ”، ދަރިފުޅު ޖަވާބު ދިނެވެ. އެއްކަލަ މީރު ސައިތަށި މިހާރު މި މުއްސަނދި މީހާއަށް ހީވީ ވިހައަކަށް ވެގެންދިޔަހެންނެވެ.

އެންމެންވެސް ޤަބޫލުކުރާނީ މިވާހަކައިގައި މިއުޅޭ މޮޔަކުއްޖާއަކީ ހަމަ އަސްލުގައިވެސް މޮޔަ ކުއްޖެއްކަމަށެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއީ އޭނާ ކުޑަކުޑަ ސައިތައްޓެއް ގިރާލުމަށްޓަކައި ލާރިތަކެއްގައި އަލިފާން ޖެހީމައެވެ. އެކަމަކު ހަޤީޤަތަކީ އެމުއްސަނދި މީހާ މިކުއްޖާއަށް ވުރެވެސް މޮޔަކަމެވެ. އެއީ ދުނިޔޭގެ އުފަލަށްޓަކައި އާޚިރަތް ހަނދާން ނައްތާލާފައިވާ މީހަކު ކަމުގައި ވާތީއެވެ.

ބުއްދިވެރިންނަކީ ގިނަގިނައިން މަރުގެ މަތިން ހަނދާންކޮށް މަރަށް ތައްޔާރު ވާމީހުންނެވެ

3 ޚިޔާލު:

غير معرف يقول...

ދުނިޔެ އެދުން އިސްކުރާ ފަރާތްތަކަށް ވަރަށް އިބްރަތްތެރި ވާހަކައެއް

غير معرف يقول...

ވަރަށް އިބުރަތްތެރި ވާހަކައެއް ... އަސްލުވެސް ލަންދޫގައި މިހަރު އެންމެ ސަޅީ ހޮޅުއަށި.... ތިގޮތުގައި ހިފަހައްޓާލާ

غير معرف يقول...

varh ibrath thari vaahaka eh

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ