٢٠١٠-٠٩-٠٦

ކުޑަފަރި މެޗު ކިހިނެއް ވާނެބާ

މިފަހަރުގެ ކުޑައީދުގައި ކުޑަފަރިއާއި އެކު ކުޅުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މެޗުކުޅުމަށް ކުޑަތަން ވަމުން އަންނައިރު އަދި މިއަދާހިސާބައްވެސް ޓީމުގެ ފަރިތަކުރުންތަށް ވަނި ނުފެށިއެވެ. ފަހަރެއްގައި މިއީ ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވާތީވެ ކުޅުންތެރިންގެ ގައިގައި އެހިތްވަރު ނެތީކަންނޭގެއެވެ. ކުޑަފަރި ޓީމަކީ ލަންދޫއާއި ވަރަށް ވާދަވެރި ޓީމަކަށްވެފައި އެންމެފަހުންވެސް ލަންދޫގެ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އެމީހުން ބަލިވެފައި ވުމުގެ ސަބަަބުން މިފަހަރުގެ މެޗަށް އެމީހުން ވަރަށް ރަަނގަޅަށް ތައްޔާރުވާނެ ކަމަށް ބެލެއެވެ.
ނަމަވެސް ލަންދޫގެ ކުޅުންތެރިންގެ ފަރާތުން އެކާމިޔާބީ ދެމެހެއްޓުމަށްވެސް މަސައްކަތް ކުރުން އެއީ ނެތްނަމެއް ކަމުގައި އަޅުގަނޑު ނުދެކެވެ. އެހެން ކަމުން ރަށުަގއި މިވަގުތު ތިބި ހުނަރުވެރި ކުޅުންތެރިން މިކަމާއި ދޭތެރޭ ތަންކޮޅެއް ރަނގަޅަށް ވިސްނާ މިއީ ވަރަށް ސިރިއަސް މެޗެއްގެ ގޮތުގައި ދެކެން އެބަޖެހެއެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ