٢٠١٠-٠٨-٣٠

ލަންދޫ ހޮޅުއަށި ޚިޔާރު ކުރެއްވީތީ ޝުކުރިއްޔާ

ލަންދޫ ހޮޅުއަށި މިބްލޮގަކީ ހޮޅުއަށިތަކުގައި ދައްކަމުންދާ ބަދުބަސްތައް ގެނެސްދިނުމަށް ހިންގާ ބްލޮގެއް ކަމުގައި ދެކެވަޑައި ނުގެންނެވުމަށް ފުރަތަމަވެސް ނަޞޭހަތްތެރިވަމެވެ. މިއީ ތިޔަބޭފުޅުންނަށް ރަށުގެ މުހިންމު ޚަބަރުތަކާއި މަޢުލޫމާތުތަށް ގެނެސްދިނުމުގެ ޤަސްތުގައި ހިންގަން ފެށި ބްލޮގެކެވެ. ބައެއް ފަރާތްތަކުން ލިޔުންތެރިކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ މިދަނޑިވަޅުގައި މިބްލޮގުގެ ފަރާތުން އެފަދަ ފަރާތްތަކަށް ތާކުންތާކު ނުޖެހޭ ކަންތައްތައް ނުކުރުމަށް ގޮވާލަމެވެ.
އަހަރެމެން އެންމެނަކީވެސް އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ދެކެމުންދާ ހިނދު ކޮންމެ މީހަކަށްވެސް ގޯސް ކަމެއް ކުރެވިފައި އޮތުމަކީ ނެތްކަމެއް ނޫނެވެ. އެހެންކަމުން އެފަދަ ކަމެއް ކުރެވުމުން އެންމެ ރަނގަޅުގޮތަކީ އަވަހަށް އެކަމަށް ތަވްބާވުމެވެ. ލިޔުންތެރިކަމަކީ ހެޔޮގޮތުގައި ކޮއްފިނަމަ އޭގޭން އެތައްބަޔަކަށް ފައިދާތަކެއް ކުރުވަނިވި ވަރަށް ބާރުގަދަ ހަތިޔާރެއްކަމަށް އެންމެންވެސް ޤަބޫލުކުރާނެކަން ކަށަވަރެވެ.
އެހެން ކަމުން މާތްﷲ ގެ ވާގިފުޅާއި އެކު މިބްލޮގުގެ މަސައްކަތް މިފަށަނީ ތިޔަ އެންމެހޭ ފަރާތްތަކަށްވެސް ފައިދާ ކުރުވަނިވި މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައެވެ. މިބްލޮގުގައި ހައްޤު ނޫން އެއްވެސް ވާހަކަ އެއް ނުލިޔާނެ ކަމުގެ ފުރިހަމަ ޔަޤީން ކަން ދެމުންނެވެ.

1 ޚިޔާލު:

غير معرف يقول...

ތިކަން ތިގޮތައް ވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅު

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ