ނ.ލަންދޫ ލިޔެސް ޖަމުޢިއްޔާއިން އިސްނަގައިގެން އެޖަމުޢިއްޔާގެ ފަރާތުން ފުރަތަމަ ފަހަރަށް ބާއްވާ ޤުރުއާން މުބާރާތް ފެށެން ވަނީ ވަރަށް ވެސް ކުޑަ ދުވަސްކޮޅަކަށް ވެފައެފެ. ސެޕްޓެމްބަރ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޤުރުއާން މުބާރާތުގެ އެންމެފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. 2 ދުވަކަށް ބަހައިލައިގެން ބާއްވާ މި މުބާރާތަށް މިނިސްޓުރީ އޮފް އިސްލާމިކު އެފެއާރޒުންވެސް ވަނީ ޢިނާމު ހުށަހަޅުއްވާފައެވެ. އަދި ރަށުގެ ކަންވޮށިގެންވާ ބޭފުޅުންނާއި އާންމު ރައްޔިތުންވެސް ވަނީ ޢިނާމު ހުށަހަޅުއްވާފައެވެ.
މި ޤުރުއާން މުބާރާތަށް އިންސާފުކޮށްދެއްވުމަށް ފަނޑިޔާރުން ހަމަޖައްސައިފައިވަނީ ރަށުން ބޭރުގެ ފަނޑިޔާރުންނެވެ. އެގޮތުން އަވަށްޓެރި މާޅެންދޫ އިންވަނީ ފަނޑިޔާރުން ގެނެއުމަށް ހަމަޖައްސާފައެވެ. މުޅި މުބާރާތުން 1،2 އަދި 3 ވަނައަށް ވަނީ ވަރަށްވެސް އަގުބޮޑެތި ޢިނާމުތަކެވެ. އެގޮތުން 1 ވަނަ ޢިނާމަކީ 21 އިންޗީގެ ކުލަ ޓީވީ އެކެވެ. 2 ވަނަ ޢިނާމަކީ ކުކަރެކެވެ. 3 ވަނަ ޢިނާމަކީ ފިލިޕްސް އިސްތިރި އެކެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ