ނ.ލަންދޫ ސުކޫލުގެ 17 ވަނަ ސުޕޯރޓްސް މީޓް މިއަދު ހަވީރު 4.00 ޖަހާއިރު ފަށައިފިއެވެ. މިއީ އެ ސުކޫލުގެ ތިން ހައުސްގެ މެދުގައި ބޭއްވޭ ހަރަކާތެކެވެ. މި ހަރަކާތުގައި ތަފާތު އެތައް ކުޅިވަރުތަކެއް ހިމެނިގެންވެއެވެ.
އެގޮތުން މިއަދު ކުރިއަށް ގެންދިޔަ ކުޅިވަރު ތަކުގެ ތެރޭގައި ކަނަބަނދެގެން ރީތި ކުރުން، ބާރަށް ދުވުން، ކޮރުން، އަދިވެސް ތަފާތު އެތައް ކުޅިވަރުތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދު އެންމެ ޚާއްޞަ ކުޅިވަރެއްގެ ގޮތުން ކުރިއަށް ގެންގޮސްފައިވަނީ ޓީޗަރުންގެ މެދުގައި ބޭއްވުނު ގޯނި ރޭހެވެ. މި އައިޓަމުގައި ސުޕޯރޓްސް މާސްޓަރ އަލް އަޚް ޔޫސުފް ޢަބުދުއްރަޙީމް ވެސް ވަނީ ބައިވެރިވެފައެވެ.
މާދަމާވެސް މި ހަރަކާތުގެ ނުނިމި ހުރި ކުޅިވަރުތައް ކުރިއަށް ގެންދިޔުން އޮންނާނެއެވެ. މިއަދުގެ ހަރަކާތްތައް ނިމުނު އިރު އެންމެ ކުރީގާ އުޅެނީ 111 ޕޮއިންޓާއި އެކު ދޮށިމޭނާ ހައުސްއެވެ. ދެވަނައިގާ 110 ޕޮއިންޓާއި އެކު ސިއްތިމާވާ އޮތްއިރު 103 ޕޮއިންޓާއި އެކު ތިންވަނައިގާ އޮތީ ރެހެންދީ ހައުސްއެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ