٢٠١٠-٠٩-٠٢

ތިބާވީ ކޮންމެތާކު މާތްﷲއަށް ތަޤުވާވެރިވާށެވެ

އަޅުގަނޑުމެން އިންސާނުން ދުނިޔެއަށް ފޮނުއްވުނީ އިމްތިޙާނެއް ކުރުމަށެވެ. އެހެންނަމަވެސް މި އިމްތިޙާނުން ފާސްވުމަށް ކުރާނެ ކަންކަމއި އުޅެންވީ ގޮތްނޭންގި ފާޙިސްކަންތައް ކުރަމުން ކަށިކުބުރު ޖައްގައްޔެއްގެ ތެރޭގައި ދެވޭ ނުދެވޭ ތަނެއް ނޭންގި ތިއްބާ، އަޅުގަނޑުމެން އެތަނުން ނެރެ މާމެލާމެލިން ފޮޅިފައިވާ ބަގީޗާއަކަށް ވެއްދުމަށް ﷲ ވަނީ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވައި އިމްތިޙާނުން ފާސްވުމަށްޓަކައި ކުރަންވީ ކަންތައްތަކާއި އުޅެންވީ ގޮތް އުނގަންނަވާއި ދެއްވިއެވެ. ނަމަވެސް އަޅުގަނޑުމެންގެ އިންސާނުންގެ ތެރެއިން އެކަންތައް ޤަބޫލުކޮށް އެގޮތައް ޢަމަލުކުރުމަށް އެއްބަސްވީ ކިތައް މީހުންތޯއެވެ؟ ރަސޫލުކަން ޚަތިމު ކުރެއްވި މިއުންމަތުގެ މާތް ނަބިއްޔާވަނީ އެހެން އުންމަތްތަކަށް ފޮނުއްވި ރަސޫލުންނާއި ނަބިއްޔުންފަދައިން ﷲއަށް ތަޤުވާވެރިވުމަށް ގޮވާލައްވާފައެވެ.
އަޅުގަނޑުމެން ކޮންމެ އިންސާނަކުވެސް ކޮންމެތާކު ކޮންމެ ކަހަލަ މަސައްކަތެއްގައި އުޅުނު ނަމަވެސް ﷲގެ މަތިން ޙަދުމަ ކުރަންވާނެއެވެ. އެހެނީ އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވަނީ ގިނަގިނައިން ހަނދުމަކުރާ އަޅުންދެކެއެވެ. މަސައްކަތެއްގައި އުޅުނޭ ކިޔާފަ ފަރުޟުނަމާދުގެ މަތިން ހަނދުމަ ނައްތާ ނުލާށެވެ. އަނެއްނަމާދުގެ ވަގުތުވަނުމުގެ ކުރިން އެނަމާދު ﷲއަށްޓަކައި އަދާކުރާށެވެ. ރަސޫލުޒަމާނުގައި ހަނގުރާމައިގެ މައިދާނުގައިވެސް އެކަލާނގެމަތިން އެބޭކަލުން ހަނދުމަނައްތުވައެއް ނުލައްވައެވެ. އެހެނީ ނަޞްރާއި ކާމިޔާބު ދެއްވުންއޮތީ އެކަލާނގެ އިރާދަފުޅުގައެވެ. އެހެންނަމަވެސް ދެރަވާ ހިތާމަ ކުރަންޖެހެނީ މިޒަމާނުގެ ޒުވާނުން މިފަދަކަންކަމާއި ފިކުރު ނުހިންގާތީވެއެވެ. ހަވީރު ކުޅޭ ފުޓްބޯޅަ މެޗް ބެލްމަށްޓަކައި ނަމާދު ވަގުތު ދޫކޮށްލުމަށްފަހު އަނެއްކޮޅުން މަޣުރިބް ނަމާދު ވަގުތު ފާއިތުވެގެން ދާއިރުވެސް އެވަސްވާހުގައި ޖެހިފާ ހުންނާތީވެއެވެ. ހަމަގައިމުވެސް ފުޓުބޯޅަ މެޗާއި ބެހޭގޮތުން ސުވާލެއް ނުކުރެވޭނެއެވެ. ނަމަވެސް ނަމާދާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. މިކަން މިއަދުގެ ޒުވާނުންނަށް ފަޙުމު ނުވަނީ ކީއްވެބާވައެވެ.؟
އޭމިތިބަ ޒުވާނުންނޭވެ..؟ އާޚިރަތްވިއްކާލާ މިދުނިޔެ ގަނެލީ ތޯއެވެ. މިއީ މަދު ސިކުންތުކޮޅެއްގެ ހުރަވީ ގެއެއްކަން ހަނދުމަނައްތާލަނީ ހެއްޔެވެ. ފިކުރުކުރާށެވެ. ކަންތައްތައް ހޯދާ ދިރާސާކުރާށެވެ. ﷲގެ އިސްމުފުޅު ހިތުގައި އަބަދުމެ ހިންގުވާށެވެ. އެއީމާންކަމުގައި ދެމި ހުންނާށެވެ. އެކަލާނގެ ޙަޟުރަތައް ގިނަގިނައިން ކުއްތަންވާށެވެ. ގިންގިނައިން ހަނދުމަކުރާށެވެ. ނަޞްރާއާއި ފަލާޙު ލިބޭނީ އޭރުންނެވެ. ﷲއަށް ތަޤުވާވެރިވާށެވެ. ނުވިސްނޭ މީހުންނަށް ވިސްނާދޭށެވެ. ހެޔޮމަގުގައި ސާބިތުވެ ހުރުމަށް އަނބިން ފިރިންނަށް ފިރިން އަނިބިންނަށް ދެމީހުން ވެގެން ދަރިންނަށް ދަރިން އެކުވެރިންނަށް ވިސްނާދޭށެވެ. ރަސޫލާގެ މަށްޗައް ޞޮލަވައި ކިޔެވުން ގިނަކުރާށެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ