٢٠١٠-٠٩-٢٩

އާމަގު ހޮޅުއަށި ހަލާކުވިޔަނުދީ

ލިޔުނީ: މަންސޫރު މުޙަންމަދު / ނ.ލަންދޫ
އަޅުގަނޑުމެންގެ މިރަށުގައި ހެދިފައިވާ ފިނިމައިޒާންތައް ވަރަށްވެސް ގިނައެވެ. އެގޮތުން ރަށުގެ އަތިރިމަތި ސަރަޙައްދުގައި ހެދިފައިވާ ފިނިމައިޒާންތައް ފާހަގަ ކޮށްލެވެއެވެ. ރަށުގެ އިރުވާކޮޅު އަދި ހުޅަނގުފަރާތުގައިވެސް މިވަނީ ފިނިމައިޒާން ތައް ހެދިފައެވެ. އެހެންނަމަވެސް ނޭންގިނަމަވެސް ޚާއްޞަ ސަމާލުކަމެއް ދީގެން މަރާމާތު ކޮށްލެވެނީވެސް ބަނދަރު ސަރަޙައްދުގައިވާ ހޮޅުއަށި ތަކެވެ. ރަށުގެ އާމަގުގައިވާ ހޮޅުއަށީގެ ބޭނުން ކެނޑުނީބާވައެވެ. ނުވަތަ ރަށުގެ އިސްވެރިންނަށް އެތަންތަން ނުފެންނަނީ ބާވައެވެ. ރަށުގެ ރައްޔިތުންނަށް ވެސް އެކަން ނޭންގެނީބާވައެވެ.
މަދުން ނަމަވެސް އެތަނުގެ ބޭނުން ހިފާ ޒުވާނުން މިރަށުގައިވެސް އުޅެއެވެ. އެވެރިންނަށްވެސް ހިތްހަމަ ޖެހުމެއް ލިބޭނީ އެފަދަ ތަންތަންވެސް މަރާމާތުކޮށްލުމުން އެހެންނުން ތޯއެވެ. ތެދެކެވެ. ޒުވާނުންގެ ތެރެއިން ބައެއް ކުދިންގެ ސަބަބުން އެފަދަ ތަންތަނަށް ގެއްލުންވެސް ލިބެއެވެ. އެހެންނަމަވެސް ދެތިން ކުއްޖެއްގެ ސަބަބުން ހުރިހާ ޒުވާނުންނަށް އޭގެ ބަދަލު އައިސްގެން ނުވާނެއެވެ. ގިނަފަހަރަށް ހަވީރު ކުޅުމަށްގޮސް އަރާމްކޮށްލަންވެސް އާމަގު ހޮޅުއަށީގެ ބޭނުން ކުރެވެއެވެ.
އާމަގު ހޮޅުއަށި ކައިރި ހެދިފައިވާ ޖޯލިފަތިތައްވެސް އެވަނީ ފޮތިންނާއި ދަނޑިންނެވެ. އެހެނަސް ބަނދަރު ސަރަޙައްދުގައި އެވަނީ ދަގަނޑުން ހެދިފައިވާ ޖޯލިތަކެވެ. އެއީ އެތަނަށް ރަށުގެ ކަންމޮށިގެންވާ މީހުން ދާތީވެކަމަށްވެސް ވެދާނެއެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ