
މިހިނގާ ސެޕްޓެމްބަރ މަހުގެ 23 ވީ ބުރާސްފަތި ދުވަހު ލަންދޫގެ ބިމުން ލަންދޫގެ ރައްޔިތުންނަށް ދޫކޮށްފައިވާ 60 ގޯތީގެ ތެރެއިން މިރަށުގެ އުތުރު ފަރާތުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކޮށް ރޯނު ދެމުމުގެ މަސައްކަތް މިއަދު ރަށު އޮފީހާއި އެ ގޯތިތަކުގެ ވެރިންނާއި ގުޅިގެން ކުރަމުން އެބަދެއެވެ. މިއަދު ހެނދުނު 9:30 ށް ފެށިގެން މިމަސައްކަތް ދަނީ ވަރަށް ފޯރިއާއި އެކު ކުރަމުންނެވެ.
ޤަވާއިދުގައިވާ ގޮތުން ގެވަޅު ދޫކުރާތާ 4 މަސްދުވަހުގެ ތެރޭގައި ގެވަޅުގެ ބިން ސާފު ކުރަން ޖެހޭނެއެވެ. ހަމައެއާއިއެކު ގެވަޅު ދޫކުރާދުވަހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި އެގެވަޅެއްގައިވާ ރުއްގަހުގެ ބަދަލުދީ ނިންމަން ޖެހެއެވެ. އަދި ރަށުއޮފީހުން އިންތައް ފާހަގަކޮށްދިނުމުން ކަންމުޑިއަޅާ އިންވަކިކޮށް ގޯތީގެ ރަޖިސްޓުރީ ހަމަޖެހިފައިވާ ޤަވާޢިދުން ހައްދަންވާނެއެވެ. އަދި ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް ޢަމަލުކުރުމާއި އެކު ދޫކުރެވޭ ގޯތީގައި ޢިމާރާތްކޮށްގެން 5 އަހަރު ދުވަހުގެ ތެރޭގައި ދިރިއުޅެން ފަށަންވާނެއެވެ. މިދެންނެވި ގޮތުގެމަތިން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެން ނުފަށައިފިނަމަ ދޫކުރެވިފައިވާ ގޯތި ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ވަކިކުރެވޭނެއެވެ.
އެހެން ކަމުން ރަށު އޮފީހުން މިކަން މިހާ އަވަހަށް ކުރުމުގެ ސަބަބުން ގެވަޅުތަކުގެ ވެރިންނަށް ވަރަށް ބޮޑު ފަޞޭހައަކަށް ވެގެންދާނެއެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ