٢٠١٠-٠٩-٠٧

ފައިސާ ހޯދުމަށް މިވެސް ރަނގަޅުމަގެއް

އެކި އެކި މީހުން ދިރިއުޅުމުގައި ފައިސާ ހޯދުމަށް ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ބައެއް މީހުން ފަންގިވިދެ އެވެ. އަނެއްބަޔަކު މަސްވެރިކަން ނުވަތަ ދަނޑުވެރިކަން ކުރަމުންދެއެވެ. ނުވަތަ އެހެންވެސް ވަޒީފާއެއް އަދާކުރަމުންދެއެވެ. ކޮންމެ އަކަސް މިއިން ކޮންމެ ވަޒީފާއެއް އަދާކުރިޔަސް ހުސްވަގުތުގައި ކޮށްލަން ރަނގަޅު ކަންތައްތައްވެސް ހުންނާނެއެވެ. އެވެސް ހަމަ ފައިދާ ކުރުވަނިވި ވަގުތެއްގޮތުގައި އެފަދަ ވަގުތުކޮޅުތައް ހެދިދާނެއެވެ.
އެގޮތުން ލަންދޫގެ ލޮބުވެތި ރައްޔިތަކު ފޫހިކަމެއްނެތި ކުރަމުން އަންނަ މަސައްކަތެއް އަޅުގަނޑުމެންގެ ބްލޮގުގެ ފަރާތުން ވަރަށް އުފަލާއެކު ފާހަގަ ކޮށްލާނަމެއެވެ. އެއީ ބޭނުންނެތިގެން އުކާލާ ދަނގަޑުގެ ބާވަތްތައް އެއްކޮށް އޭގެއިން މަންފާ ހޯދަމުންދާ ވާހަކައެވެ. ޙަޤީޤަތުގައިވެސް މިއީ ވަރަށް ވެސް ފުރިހަމަ މަސައްކަތެކެވެ. ބައެއް މީހުންނަށް މިއީ ވަރަށް ހަޑި މުޑުދާރުކަމަށް ވެދާނެއެވެ. އެހެންނަމަވެސް، ކުރަންޖެހޭ ކުޑަ މަސައްކަތަށް ބަލާފަ، ލިބޭ އެއްޗަކުން މާބޮޑަށްވެސް ފައިދާ ވާނެއެވެ.
ދަގަޑުގެ ބާވަތްތަކަކީ މިހާރު ރާއްޖޭގައިވެސް އާންމުކޮށް ވިކެމުންއަންނަ ބާވަތެކެވެ. ބައެއް ފަހަރު ރަށްރަށަށް އައިސް އެތަކެތިި ގަނެގެން ދާ ފަރާތްތައްވެސް މަދެއްނޫނެވެ. އަޅުގަނޑުމެންގެ ބްލޮގުގެ ފަރާތުން މިކަން ކުރަމުން އަންނަ ފަރާތްތަކަށް ހިތްވަރުދެމުން ތިފަދަ މަންފާ ކުރަނިވިކަންތައް ކުރުމުގައި ދެމިހުރުމަށް ގޮވާލަމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ