މާވަރުގަދައަށް ޒުވާބުކުރާ ދެމަފިރިޔަކު ޒުވާބުނުކުރާން އެގްރިމެންޓެއް ހަދައިފިއެވެ. މި އެގްރިމެންޓުގައި ވާ ގޮތުން ދެމީހުން ދެމީހުންނަށް އެއްވެސް ބާވަތެއްގެ ޒުވާބެއް، ޒުވާބަކަށް ވާ ކަހަލަ ގޮތަށް ދެއްކުމަކީ ޖޫރިމަނާ ވާ ފަދަ ބޮޑު ކުށެކެވެ. މިހެން މިކަންތައް ވެފައި އޮއްވާ އަންހެންމީހާ ވަރަށް ހިތްހަމަ ނުޖެހޭ ކަމެއް ފިރިމީހާގެ ކިބައިން ވެއްޖެއެވެ. އަންހެންމީހާ އެގްރިމެންޓާ ޚިލާފު ނުވާން ވެގެން ހެދިގޮތަކީ ގަނޑެއްގައި ލިޔެފައި ފިރިމީހާއަށް ކިޔަންޖެހޭ އެއްޗެހި ދިނީއެވެ. ފިރިމީހާ އެކިޔުމަށް ފަހު އެގްރިމެންޓާ ޚިލާފު ނުވާން ވެގެން ލަވަ ސީޑީޔެއް ޓީވީގައި އަޅުވައިފިއެވެ. ޕުލޭކޮށްލިއިރު ކަމަކުދާކަށް ނެތެވެ. އެޔަށްވެސް އަނބިމީހާ އޮތީ ޒުވާބުގެ އެއްބައި އަޅާފައެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ