٢٠١٠-١٠-٠٤

ހޮލިޑޭ ކަޕާއި ބެހޭގޮތުން ނިންމަންޖެހޭ ބައެއް ކަންތައްތައް ނިންމުން މިރޭގެ ބައްދަލުވުމުގައި އޮންނާނެ

ލިޔެސް ހޮލިޑޭކަޕްގެ ޤަވާއިދާއި އަދި ބައެއް މުހިންމު ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ 8:30 ގައި ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީގެ އޮފީހުގައި އޮންނާނެއެވެ. މިރޭގެ މިބައްދަލުވުމުގައި އަމާޒު ކޮށްފައިވަނީ ލިޔެސްގެ ހިންގާ ކޮމެޓީގެ މެމްބަރުންނަށެވެ.
ނަމަވެސް މިބައްދަލުވުމަށްފަހު ވަރަށް އަވަހަށް ހޮލިޑޭ ކަޕްގެ ޤަވާއިދަށް ހުށައަޅާފައިވާ އިސްލާހުތައް ފާސްކުރުމަށް ވަރަށް އަވަހަށް ބައްދަލުވުމެއް ބައްވާނޭ ކަމަށް ލިޔެސް ޖަމްއިއްޔާގެ ނައިބްރައީސް ސަލީމް ހުސައިން ވަނީ ވިދާޅުވެފައެވެ. މިރޭގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ނިންމާފައިވާ އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ހޮލިޑޭކަޕްގެ ޓްރާންސްފަރ ޤަވާއިދު ، ހޮލިޑޭ ކަޕްގެ ރަސްމީ ލޯގޯ ފަރުމާ ކުރުން ފަދަ މުހިންމު ކަންތައްތައް ހިމެނެއެވެ.
ހިންގާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ހޮލިޑޭ ކަޕް ސްޕޮންސަރ ކުރި ދެފަރާތުގެ ތެރެއިން އެއް ފަރާތްކަމަށްވާ ނ.ލަންދޫ ސާހު ހަސައް ސައިފް ވެސް މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަންނަވާނެއެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ