ލިޔުނީ: ސިންނޭ
(ޕަސަންޓް ސްޕޯރޓްސް ކުލަބެ ކެޕްޓަން)
ހޮލިޑޭކަޕް މުބާރާތުގެ ޤަވާއިދާއި ޓްރާންސްފަރ ޤަވާއިދު ފަސްކުރުމުގެ ގޮތުން ރޭ ބޭއްވި ބައްދަލުވުން ފެށުމުގެ ގޮތުން ލިޔެސްގެ ފަރާތުން އެޗް.އޯ.ސީ އަށް ހަމަޖައްސާފައިވާ މެމްބަރ އަދި މިވަގުތު ޖަމްއިއްޔާގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ސަލީމު ހުސައިން ވިދާޅުވެފައިވަނީ އެޗް.އޯސީގައި ހިމެނިފައިވާނީ ޓީމުތަކުގައި ނުހިމެނޭ ކުޅުންތެރިން ކަމަށެވެ.
ނަމަވެސް އެކޮމެޓީގައި ޕަސަންޓް ސްޕޯރޓްގެ މެމްބަރެއް ކަމަށްވާ އަލީ ޒިޔަދު ހިމެނިފައިވާތީވެ އެއީ ކިހިނެތްވީ ކަމެއްތޯ ސުވާލުކުރުމުން މެއްޑޭ ބުނީ " ޒިޔާދު ކައިރީ އެހުމުން އޭނާ ބުނީ އޭނާ އެއީ ކޮންޓީމެއް ކަމެއް އޭނާއަށް ނޭނގޭ" ކަމަށެވެ. އަދި އެހިސާބުން ޕަސަންޓް ސްޕޯރޓްސް އިން އެއީ ޕަސަންޓްގެ ކުޅުންތެރިއެއް ކަމަށް ބުނުމުން އެޗު.އޯ.ސީ އަށް ޒިޔާދު ދޫކޮށްދެއްވުމަށް އޭނާ ވަނީ އެދިފައެވެ. ނަމަވެސް ޕަސެންޓް ޓީމާއި އެއްވެސް ވާހަކަ ދެއްކުމަކާއި ނުލާ ޒިޔާދު އެޗް.އޯ.ސީއަށް ވައްދާފައިވާތީ މިކަން ވަރަށް ހަރުކަށި އިބާރާތުން ޓީމުގެ ކުޅުންތެރިން ކުއްވެރި ކުރަމެވެ.
މިކަމާއި ބެހޭގޮތުން ރޭގެ ބައްދަލުވުމުގައި ޒިޔާދު އާއި ސުވާލުކުރުމުން އޭނާ ބުނީ އެޗް.އޯ.ސި އަށް ވެއްދުމުގެ ކުރިން އޭނާ ކައިރީގައި އެެފަދަ ވާހަކައެއް ދައްކާފައި ނުވާކަމަށެވެ. އަލީ ޒިޔާދުވަނީ 2008 ވަނަ އަހަރުގެ ހޮލިޑޭކަޕުގައި ޕަސަންޓްް ސްޕޯރޓްގެ އިސް އޮފިސަލެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އެހެންކަމުން ޒިޔަދުއަށް ޒިޔާދުގެ ކުލަބު ނޭނގޭކަމަށް އޭނާ ބުންޏޭ ބުނުމުގެ އެއްވެސް ހައްޤެއް އެޗް.އޯ.ސީ އަށް ލިބުނު ގޮތާއި މެދު ސުވާލު އުފެދެއެވެ.
އަލީ ޒިޔާދު އަކީ ޕަސެންޓް ސްޕޯރޓްގެ ކުޅުންތެރިއެއް ކަމުން ޓީމުތަކުގައި ނުހިމެނޭ ކުޅުންތެރިން އެޗް.އޯ.ސީ އަށް ނެގުމަށް މިފުރުޞަތުގައި އެޗް.އޯ.ސި އަށް ގޮވާލަމެވެ.
އަދި ހަމައެހެންމެ ޓީމުތަކާއި އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި ކުޅުންތެރިން އެޗް.އޯ.ސީ އަށް ވައްދަމުން ދާތީވެ އެމައްސަލަ ބަލައިދިނުމަށް ލިޔެސް އަށް ޕަސަންޓް ސްޕޯރޓްގެ ފަރާތުން ގޮވާލަމެވެ.

3 ޚިޔާލު:
yaaaa tiyaeee hama ragalhu vaahakaea. saabas sinney tiyabuny varah ragalhu eache. tiya kantakuge hagyga varah ragalhah balan jeheene
hama eakani kulhun terinta goos hedyma jurimanaaa kuran vyyy
h o r eakamaku jeheene hama jurimanaaa annan
ޒިޔާދުއަށް އަދި ދުވަސް ކޮޅަކުން ކޮން ދީނެއްކަންވެސް ނޭންގޭނެ.ސާބަހޭ ޒިޔާދު ގުނޫތު ނުކިޔާ އުޅެވޭތޯބަލާތި.އޭރުން ހެއްދެވިހާ ދޮގެއް ހެދިޔަސް އޯކޭވާނެ
އައްސަލާމް ޢަލައިކުމް. ބުއްދި ސަލާމަތުން ހުރިހާ ހިނދަކު ހުންނާނީ އިސްލާމްދީނުގައި. ﷲ އިރާދަކުރެއްވިއްޔާ ސާބިތުވެ ހުންނާނީ ﷲ ގެ ރަސޫލާ މުޙަންމަދު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމުގެ ސުންނަތުގެ މަތީގައި. ރަނގަޅު، ޤުނޫތު ނުކިޔާ އުޅެވޭތޯ ވަރަށް މަސައްކަތް ކުރާނަން. އެނގިހުރެ ދޮގެއް ނަހަދާނަން. ޔާ ﷲ މިއަޅާގެ ހިތުން އިސްލާމްދީނުގެ ނޫރު ނުގެއްދަވާށިއެވެ. އަދި މިއުއްމަތުގެ މާތްނަބިއްޔާ ގެ ސުންނަތުގައި ސާބިތުވެ ހުރުމުގެ ހެޔޮ ތަޥުފީޤު ދެއްވާށިއެވެ.އިސްލާމްދީނުގައި ސާބިތުވެ ހުރެ ނިމި ދިޔުމުގެ ހެޔޮ ނަޞީބު މިންވަރުކޮއްދެއްވާށިއެވެ. އާމިން.
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ