އާރު.އެސް ލިޔެސް ހޮލިޑޭކަޕްގެ ފޯރި ސައިޓުތަކުންނާއި ތަފާތު ބްލޮގުތަކުން ދަނީ ފެންނަމުންނެވެ. އެހެންނަމަވެސް މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ފެންނަންވި ފޯރިއެއް ވޭތުވެދިޔަ ( 2008 ) ވަނަ އަހަރާއި އަޅާބަލާއިރު އަދި ފެނިފަކާނެތެވެ. 2008 ވަނަ އަހަރުގެ ހޮލިޑޭކަޕަށް ޓީމްތަކުން ތައްޔާރުވީ ނުހަނު ފޯރިޔާ އެކުގައެވެ. ޓީމްތަކަށް ދަނޑުގެ ސަރަޙައްދުތައް ބަހައިގެން ނާއި ތަފާތު އެކި ހުނަރުވެރި ކުޅުންތެރިންގެ އިރުޝާދުގެ މަތިން ޓީމްތަކުގެ ކުޅުންތެރިން އަތްގުޅާލައިގެން ފަރިތަކުކުރުންތައް ކުރިއަށް ގެންދިޔަތައް އަޅުގަނޑުމެންނަށް ވަނީ ފެނިފައެވެ. އަދި ފޯރިޔާއި ޖޯޝާއި އެކު ޓީމްތަކުގެ ބަޖެޓް މުއްސަނދި ކުރުމަށްޓަކައި މަސައްކަތު ދުވަސްތައް ފާހަގަ ކުރިތަންވެސް ވަނީ ފެނިގެން ގޮސްފައެވެ.
އާރު.އެސް ލިޔެސް ހޮލިޑޭކަޕް ފެށެން މިހާރު މިވަނީ 33 ދުވަހަށް ވެފައެވެ. ޓީމްތަކުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ހަވީރު ކުޅެލަން ދަނީވެސް މަދު ކުޅުންތެރިން ކޮޅެކެވެ. އެހެންނަމަވެސް ކޮންމެ ޓީމަކުންވެސް ބޭނުންވަނީ އާރު.އެސް ލިޔެސް 2010 ގެ ހޮލިޑޭކަޕް ކާމިޔާބު ކުރުމަށެވެ. މިއީ ޓީމްތަކުން ވަރަށްވެސް ވިސްނަން ވެއްޖެ ކަމެކެވެ. ޓީމްތަކުގެ މީޓިންތައް އިތުރުކޮށް މަޝްވަރާ ކުރަންވެއްޖެއެވެ. ހަމައެކަނި އޮފިޝަލުންނަށް ފެންނަގޮތަށް ކަންތައްތައް ނުނިންމާ ޓީމްގެ ކުޅުންތެރިންނަށްވެސް ވާނުވާ އަންގަން މަސައްކަތް ކުރާށެވެ.
އާރު.އެސް ލިޔެސް ހޮލިޑޭކަޕް 2010 އަމާންކަންމަތީ ނިމިގެން ދިޔުމަކީ މި ބްލޮގުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ދެރަ ޤަބޫލުކޮށް ހޮލިޑޭކަޕް ނިންމާލުމަށް ހުރިހާ ޓީމްތަކަށް މި ފުރުޞަތުގައި ގޮވާލަމެވެ.


0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ