ޒިންމާދާރު ނޫސްވެރިކަމަކީ ދިވެހި ބަހުގެ ޤަވާއިދާއި ހަމަތަކަށް ނުފެތޭ ވަރުގެ އިމްލާ ކުއްތަކާއި މާނައެއް ދޭހަނުވާ ބަސްތަކާއި ޖުމްލަތައް ބޭނުންކޮށްގެން އެކިއެކި ލިޔުންތައް ވެބްސައިޓްތަކުގައި ޝާއިއުކުރުންތޯއެވެ. އެހެންކަމަށްވާނަމަ (ލަންދޫލައިވް) އިން އެކަން ވަރަށް ރަނގަޅަށް ކުރައްވަމުން އެބަދެއެވެ.
އަދި މިހާތަނަށް އެވެބްސައިޓްގައި ލިޔެފައިވާ އެއްވެސް ލިޔުމެއްގައި ބަހުގެ ހަމަތަކަށް ނުފެތޭވަރުގެ ދަށުދަރަޖައިގެ ލިޔުމެއްނޫނީ ނުފެނެއެވެ.
ސްކޫލު ކުދިންނާއި ބޮޑެތި މީހުންނާއި އަދި އެހެނިހެން ފަރާތަކުން ދުވާލަކު ތިންހަތަރު ފަހަރަށް ޒިޔާރަތްކޮށް މިސައިޓްގައިވާ އެކިއެކި ލިޔުންތައް ކިޔާ ހަދަމުން ދާއިރު ހަމަގައިމުވެސް ދިވެހި ބަސް ނެތި އުވެމުން ގެއްލެމުން މިދާ ދަނޑިވަޅުގައި މިއީ ކޮށްގެންވާނޭ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.
އަޅުގަނޑުމެން ޙާއްޞަކޮށް ކިޔަވައިދިނުމުގެ ދާއިރާގައި އުޅޭ މުދައްރިސުން ނުވަތަ އެފަދަ މުވައްޒަފުން ބަލަންވާނީ ކޮންމެ ހާލަތެއްގައި ނަމަވެސް އުގެނި ދަސްކުރުމަށް އުޅޭ ބަޔަކަށް އަޅުގަނޑުމެންގެ ފަރާތުން ރަނގަޅު އެއްޗެއް ދަސްކޮށްދެވޭތޯއެވެ. ފަހަރެއްގައިވެސް އަޅުގަނޑުމެން ލިޔާ މަޒުމޫނަކުން ނުވަތަ ލިޔުމަކުން ކުއްބަސްތަކާއި ނުބައިކޮން ސުކުން ކޮށްފައި ހުންނަ ހުރުން ފެނިގެންދާނަމަ މިއީ ވަރަށް ދެރަ އަދި އަޅުގަނޑުމެންގެ ނަމަށްވެސް ހުތުރުކަން ލިބިގެންދާނެ ކަމެއް ކަމަށް ދެކެމެވެ.
އެހެންކަމުން ލަންދޫގައި މިވަގުތު އަލަށް ވެބްސައިޓްތައް ހަދައިގެން އެކަމުގެ ތަޖުރިބާ މުޅިން އަލަށް ކުރައްވަމުންދާ ބޭފުޅުންނާއި ތަންތަނުގެ އިސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ ޒިންމާދާރު ނޫސްވެރިކަމަކީ ތިޔައީކީ ނޫންކަމުގައެވެ. އަދި ހަމައެހެންމެ ޒިންމާދާރު ކަންމަތީ ނޫސްވެރިކަމެއް ކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ކަމުގެ ހުނަރާއި ޤާބިލުކަން ކޮންމެވެސް ވަރަކަށް ދަސްކުރައްވައިގެން މިކަމުަގެ ތެރެއަށް ވެންނެވުމަށެވެ.
ބަޔަކު ކަމެއް ކުރާތީ ކުރާ އުސޫލު ދޫކޮށްލައްވާށެވެ. ތިމާއަށް ނުވާވަރުގެ ބޮޑެތި ކަންކަމުގެ ތެރެއަށް ނުވަންނަވާށެވެ.

3 ޚިޔާލު:
ޒިންމާދާރު ޒިންމާދާރު ޒިންމާދާރު ޒިންމާދާރުޒިންމާދާރު ޒިންމާދާރު ޒިންމާދާރު ޒިންމާދާރު ޒިންމާދާރު ބޯ ހަލާކު!
މިހާރު މިކަމުގަވެސް ވެއްޖެ ފެންނަ ނުފެންނަ ވޯޓަކައް ދާން އޭރުން އިގޭނީ ކާކު ލިޔުމެއްކަން މޮޅީ
a ahmed dawood ha dhivesah molhu meehaku mirashaku neh. thihiry dhivehin digree nagaigen.
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ