ލިޔުނީ: އަހުމަދު ދާޢޫދު
އެއްދުވަހަަކު ވަގުންގެ ބަޔަކު އަލިގެ ގެއިން ވައްކަން ކޮށްފިއެވެ. ވަރަށް ބައިވަރު ސާމާނާއި ފައިސާ ވެސް ވަގުން ގެންދިޔަކަމަށްވެއެވެ. އެހެންކަމުން ފުލުހުންނަށް މިމައްސަލަ ރިޕޯޓް ކޮށްފިއެވެ.
މާލަސްތަކެއްނުވެ ފުލުހުން އަތުވެއްޖެއެވެ. މައްސަލަ ތަހުޤީޤުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ހޯދަން ފަށައިފިއެވެ. އެންމެ ފުރަތަމަވެސް ފުލުހުން ސުވާލުކުރީ ގޭގެ ވެރިމީހާ އަލީ އާއެވެ.
ފުލުހުން: ކޮން އެއްޗިއްސެއްތަ ގެއްލުނީ
އަލީ: އަޅުގަނޑަކަށް ނޭނގޭ ނަންތައް ވަކިވަކިން ކިޔައިދޭކަށް. އެކަމަކު އަޅުގަނޑު ބައްޕަ އަޅުގަނޑަށް ވަރަށް ކުރިން ދެއްވި ބޮޑުގަޑިއެއްވެސް ވަގުން ވަނީ ގެންގޮސްފަ.
ފުލުހުން: އެގަޑި އެނގުނިއްޔާ އަލިއަށް އެނގޭނެތަ؟
އަލީ: ލައްބަ އެގަޑި ފެނިއްޖިއްޔާ އަޅުގަނޑަށް ވަރަށް ފަސޭހައިން އެނގޭނެ.
ފުލުހުން: އެއީ ކިހިނެތް؟
އަލީ: އެގަޑިއަކީ މީގެ 30 ވަރަކަށް އަހަރު ކުރިން އަޅުގަނޑުގެ ބައްޕަ ޤައުމީ ދާރުލް އާސާރުން ވަގަށް ނެންގެވި ގަޑިއެއް. އެގަޑީގެ ފުރަގަހުގައި އޮންނާނެ ދަރުލް އާސާރުގެ ނަންވެސް އެހެންވީމާ އެނގޭނެ ނޫންތޯ..
(ނިމުނީ)

1 ޚިޔާލު:
ވަރަށް ސަޅި
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ