٢٠١٠-١٠-٠٥

މިފަހަރު އޮންނާނީ އާރު.އެސް ލިޔެސް ހޮލިޑޭކަޕް

ލަންދޫ ޔޫތު އެންކަރޭޖިންގ ސޮސައިޓީގެ ފަރާތުން ސްޕޮންސަރުންނަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ހޮލިޑޭ ކަޕުގެ ނަމަށް މުބާރަތް ފެށެން 45 ދުވަހަށް ވެފައިވަނިކޮށް ބަދަލުގެނެސް ފިއެވެ. ހޮލިޑޭ ކަޕުގެ ނަމަށް ފުރަތަމަ ފަހަރު މިބަދަލު ގެނެސްފައި މިވަނީ މުބާރާތުގެ އެއް ސްޕޮންސަރ ކަމަށްވާ ހަސަން ސައިފްގެ ގެ އެދުމުގެ މަތިން ރޭ 8:30 ގައި ބޭއްވި ލިޔެސް ޖަމްއިއްޔާގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި މިމުބަރާތުގެ އެއް ސްޕޮންސަރ ކަމަށްވާ ލަންދޫ ސާހު ހަސަން ސައިފް (ސައިއްޕޭ) ވަނީ ބައިވެރިވެފައެވެ.
މިފަހަރުގެ ހޮލިޑޭ ކަޕްގެ ލޯގޯ ފަރުމާއި ކުރުމާއި ބެހޭގޮޔުން ހިންގާ ކޮމެޓީއިން ނިންމާފައިވަނީ އެންމެންނަށް ހުޅުވާލައިގެން ލޯގޯ ކުރެހުން މުބާރާތެއްގެ ގޮތުގައި ގެންދާށެވެ. މިގޮތުން ހުށައަޅާ ލޯގޯ ތަކުގައި ހުންނަށް ޖެހޭ އެންމެ މުހިންމު އެއް ޝަރުތަކީ މިލޯގޯގައި RS އަދި lyes ހިމެނުމެވެ. މިމުބާރާތުގައި ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށައެޅޭނީ 3 ލޯގޯއެވެ. މިމުބާރާތުގެ ޖަޖުކަން ކޮއްދެއްވުމަށް އައްޔަން ކޮށްފައިވަނީ މިކަމަށް ޤާބިލް 5 މެމްބަރުންގެ ކޮމެޓީއެކެވެ.
މިމުބާރާތަށް ލޯގޯ ހުށައެޅުމުގެ ސުންގަޑިއަކީ މި ހިނގާ އޮކްޓޯބަރ މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އެވެ. ލޯގޯ ހަވާލު ކުރައްވާނީ ޖަމްއިއްޔާގެ ނައިބްރައީސް ސަލީމް ހުސައިން އާއެވެ. މިމުބާރާތުން އެއްވަނަ ލޯގޯ ހުށައަޅާ ފަރާތަކަށް 100 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާ ގޮތައް ވަނީ ހިންގާ ކޮމެޓީން ނިންމާފައެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ