12:30މިމައްސަލަ ތަޙުގީގު ކުރުމަށްޓަކައި ފުލުހުންގެ 2 ބޭފުޅަކު ވަނީ އައިސްފައެވެ. މިބޭފުޅުން ބެލިބެލުމުން އެނގިފައިވަނީ މި ވައްކަން ކޮށްފައިވަނީ އަންގީއެއް ބޭނުން ކޮށްގެން ކަމަށެވެ. އެގޮތުން މިގޭ ވަލިމަގު ފަރާތުން ވަނީ މިކަމަށް ޝައްކުކުރެވޭ 2 އަންގީ ފެނިފައެވެ. އަދި ހަމައެހެންމެ ކުރިން ގެއްލުނު ކަމަށް ބުނި 2 އަނގޮޓިވެސް ވަނީ މިހާރު ފެނިފައެވެ. އެއަނގޮޓި ފެނިފައިވަނީ ގެއްލުނު ކަމަށް ބުނި ބްރިފް ކޭހުގެ ތެރެއިންނެވެ. ލަފާކުރެވެނީ މިއަނގޮޓި ކަރުދާސް ކޮޅަކަށްލާ ބައްދުކޮށްފައި ވުމުގެ ސަބަބުން ވައްކަން ކުރި ބަޔަކަށް ނުފެނުނީ ކަމަށެވެ.
9:50
ދާދިދެންމެއަކު މިބްލޮގަށް އެނގުނު ގޮތުގައި ގެއްލުނު ބްރިފްކޭސް މިހަރު ފެނިއްޖެއެވެ. ބްރިފް ކޭސް ފެނިފައިވަނީ އެކޮޓަރީގެ ކުރިމައްޗައް ހުރި ކޮޓަރިތެރެއިންނެވެ. މަޢުލޫމާތު ލިބުނު ގޮތުގައި ބްރިފް ކޭހުގައި ހުރި ލިޔެކިޔުންތައް އެބަހުއްޓެވެ. މިމައްސަލަ މިހާރުވަނީ ނ.އަތޮޅު ޕްލިސް ސްޓޭޝަނައް އަންގާފައެވެ.
9:15
ދާދި ދެންމެއަކު ހޮޅުއަށި ޓީކޭ އަށް މަޢުލޫމާތު ލިބުނު ގޮތުގައި ފަޅާލައިފައިވަނީ މިރަށު ބުލޫކިޔާގެ ގޭގެ ކޮޓަރިއެކެވެ. މިޚަބަރު ލިބުމުން ހޮޅުއަށި ޓީކޭގެ ފަރާތުން އެގެއަށް ގޮސް ބެލި ބެލުމުން ފާހަގަ ކުރެވިފައިވަނީ އެގޭގެ ވަލިމަގުފަރާތު ދޮރުގެ ތަޅުކައިރިން ކަފާލައިގެން އެގެއަށް ވަދެ ރާއޯ ސަރ ދިރިއުޅޭ ކޮޓަރިއަށް ވަދެ ކޮޓަރިން ވައްކަން ކޮއްފާވާކަމަށެވެ.
ރާއޯ ސަރ ގެ ފަރާތުން މަޢުލޫމާތު ލިބުނު ގޮތުގައި އޭނާގެ ހުރިހާ ލިޔެކިޔުންތަކެއް ބަހައްޓާފައިވާ ބްރިފް ކޭސް ވަނީ ވަގަށް ގެންގޮސްފައެވެ. އޭގާ ރަންވެސް ހުންނާނެކަމަށް އޭނަ ވަނީ ބުނެފައެވެ.
މި ވައްކަން ކޮއްފައި ިވަނީ ހެނދުނު ވަގުތެއްގައި ކަމަށް ލަފާކުރެވެއެވެ. މިއަދުގެ ޓައިމް ޓޭބަލް ހަމަޖެހިފައިވާ ގޮތުން ރާއޯ ސަރ އިންޓަރވަލް ކުރީގެ ހުރިހާ ގަޑިއެއްގައިވެސް ހުންނެވީ ކުލާހެއްގައި ކިޔަވައިދޭށެވެ. މިކަން އޭނާ އަށް އެނގުނީ އިންޓަރ ވަލް އަށް ދިޔަތަނާއެވެ. އެކަން އޭނާއަށް ފެނުމާއި އެކު އޭނާ ވަނި ސްކޫލުގެ އިސްވެރިޔާ މުހައްމަދު އިބްރާހިމަށް އަންގާފައެވެ.
މިހާރު މުހައްމަދު ސަރ ހުންނެވީ ބުލޫކިޔާގެ (ވައްކަންކުރިގެ ) ގައެވެ. މިމައްސަލަ މިހާރު ވަނީ ރަށު އޮފީހަށް އަންގާފައެވެ.
އިތުރުމަޢުލޫމާތު ލިބުނުހާ އަވަހަކަށް ގެނެސްދެވޭނެއެވެ....

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ