٢٠١٠-٠٩-٢٥

އޭ ލޮބުވެތި އަޚުންނޭ... 1

މިއަދު މުޖުތަމަޢު އަކީ ތަރައްޤީވެފައިވާ މުޖުތަމައަކަށްވަނީ ވެފައެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންނާއި އުޚުތުންނަކީވެސް ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާ ބައެކެވެ. ދީނީ ކަންކަމުގައި އާއި އިޖްތިމާޢީ ކަންކަމުގައެވެ. އެކަމުގެ ނަތީޖާ އަކަށް ވެގެން މިދަނީ އިތުރު އަޚުންނާއި އުޚުތުންނަށް އެފަދަކަންކަމުގެ ޙަޤީޤަތް އޮޅުންފިލާ އެކަމުގެ މަޢުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދެމުންނެވެ.
އެގޮތުން އަޅުގަނޑުވެސް މި ފާހަގަ ކޮށްލަނީ މަދުން ނަމަވެސް ބައެއް އަޚުންނާއި އުޚުތުންގެ ފަރާތުން ފެންނަމުންދާ ކަމެކެވެ. މިއީ ހަމަގައިމުވެސް އަޅުގަނޑު ނިހާޔަތަށް ހިތާމަ ކުރާ ކަމެކެވެ. އަޅުގަނޑު މިދަންނަވަން އުޅެނީ މިސްކިތުގެ ސާފުޠާހިރުކަމަށް ބައެއް އަޚުންނާއި އުޚުތުން ނުބަލާތީވެއެވެ. އޭގެ އެންމެ ބޮޑުހެއްކަކީ ނަމާދު ވަގުތުގައި މިސްކިތުގެ ތެރޭގައި އިނދެގެން ނިޔަފަތި ކެނޑެމުންދާކަމެވެ. މިކަންތައް ޚާއްޞަކޮށް މުސްލިމުންގެ ޢީދު ދުވަހެއްކަމަށްވާ ހުކުރު ދުވަހު ފިރިހެންވެރިންގެ މިސްކިއް ތެރެއިން ފެނިގެންދެއެވެ.
އިމާމް މީހާ ޚުޠުބާ ކިޔަމުން ދާއިރު އެފަދަ އަޚުން މިތިބެނީ ނިޔަފަތި ކެނޑުމުގައި އަވަދިނެތިއެވެ. ޚުތުބާގައި ކިޔަނީ ކީކޭކަމެއް ހުދު އޭނާ އަކަށް ނޭންގެއެވެ. ނިޔަފަތި ކެނޑުމަށްފަހު މިސްކިތުގެ ތެރެއަށް އޭގައިވާ ނަޖިސްތަކާއި އެއްކޮށް ދޫކޮށްލެވޭއިރު އެންމެ ފަހަރަކުވެސް މިއީ މިބިންމަތީގައިވާ ﷲގެ ގެކޮޅުކަން ހަނދުމަ ނުކޮށްލަނީބާވައެވެ. އާއެކެވެ. ތި އަޚާ އަށް ނޭންގުނަސް ނިޔަފަތި ކަނޑަންވީ ގޮތްވެސްވަނީ އިސްލާމް ދީނުގައި އަންގަވާ ދެއްވާފައެވެ. އެގޮތްތައް ވަނީ ޢިލްމުވެރިން ފޮތްފޮތުގައި ބަޔާން ކޮށްދެއްވާފައެވެ. ނަމާދުގެ ޙުކުމްތައް ދަސްކުރި ފަދައިން އެފަދަ ކަންތައްތައްވެސް ދެނެގަންނަމާ ހިންގަވާށެވެ. 
ވީމާ، އިހުބުނެވުނު ފަދައިން ކަންތައް ކުރައްވާ އަޚުންނާއި އުޚުތުން މިސްކިތުގެ ތެރޭގައި އެފަދަ ޢަމަލެއް ނުހިންގެވުމަށް ޢަޒުމުކަނޑައަޅަމާ ހިންގަވާށެވެ. އޭގެ ބަދަލުގައި މިސްކިތުގެ އެތެރެއާއި ބޭރު ސާފްޠާހިރުކޮށް ބޭއްވުމަށް ޢަޒްމުކަނޑައަޅަމާ ހިންގަވާށެވެ. ޔާ ﷲ އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވާ ހެޔޮގޮތްތައް މެދުވެރިކުރައްވާށިއެވެ. އާމީން

1 ޚިޔާލު:

غير معرف يقول...

v ragalhu vaahaka ah. mifadha liyun thah liyaathy v bodah thanks

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ