٢٠١٠-٠٩-٢٥

އަތޮޅުފެރީ ހުއްޓިއްޖެ


މިއަދު މެންދުރުފަހު 1.45 ކަށް ހާއިރު އަތޮޅުފެރީ ނ.މަނަދޫއިން ފުރައިގެން ނ.މާފަރަށް އައުމުގެ ތެރޭގައި އިންޖީނަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ވައްޓަރާއި ކައިރިން ވަނީ ހުއްޓިފައެވެ. މިހެންވުމުގެ ސަބަބުން ނ.މާފަރުން އެހެން ދޯންޏެއްވަނީ ފެރީގައި ކަފުޖަހައިގެން މާފަރަށް ގެންގޮސްފައެވެ. އެވަގުތު ފެރީގައި އިން ބޭފުޅަކު މި ބްލޮގަށް މަޢުލޫމާތު ދެމުން ބުނީ " އެފެރީގައި ލައިފްޖެކެޓް އެއްހާ ހިސާބުވެސް ނެއްކަމަށެވެ. "
މާފަރުގައި ފެރީ ބޭއްވުމަށްފަހު ފެރީގައި ތިބި މީހުން މާފަރު ލާންޗެއްގެ އެހީގައި ވަނީ އެވެރިންގެ ރަށަށް ގެންގޮސް ދީފައެވެ. ކަނޑުދަތުރު ފަތުރު ކުރާ އުޅަނދުތަކުގައި ސަލާމަތީ ތަކެތި ހަމަޔަށް ހުރިތޯ ބެލުމަކީ ދަތުރަށް ފެށުމުގެ ކުރިން ވިސްނުން މުހިންމުކަމެއްކަން އެފަދަ ފަރާތްތަކަށް މިފުރުޞަތުގައި ހަނދުމަ ފުޅުކޮށް އަރުވަމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ