٢٠١٠-٠٩-٠٣

ލިޔެސް ޤުރުއާން މުބާރާތް ފެށިގެން ކުރިއަށް ދަނީ

މިއަދު މެންދުރު ފަހު 2 ޖަހާއިރު ފެށިގެން ދިޔަ މުބާރާތް ތަޢާރަފުކޮއްދެވީ އަލް އަޚް ސަލީމް ޙުސައިންއެވެ. އަލް އަޚް ސަލީމް ޙުސައިން އަށް ފަހު ، ވަޑައިގެން ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އަލް އަޚް ޢަލީ މޫސާ ވެސް ވާހަކަ ފުޅުދެއްކެވިއެވެ. އެބޭފުޅާއިގެ ވާހަކަ ފުޅުގައި ކުރިމަގުގައި ލަންދޫއަށް ޤުރުއާންގެ ރޮގުން ކޮށްދެވެން ހުރި ކަމެއް ކޮށްދޭން ތައްޔާރަށް ހުރިކަން ހާމަކޮށްދެއްވިއެވެ.
ޢަޞުރު ނަމާދަށް މެދު ކަނޑާލުމަށްފަހު ، 4.00 ޖަހާއިރު ފަށާއިގެން ކުރިއަށް ގެންގޮސް މުބާރާތުގެ ބަލައިގެން ކިޔުމުގެ ގޮފީގައި ބައިވެރިވި ހުރިހާ ދަރިވަރުންގެ ކިޔެވުން ވަނީ ނިމިފައެވެ.
ދެން މި މުބާރާތުގެ ނުބަލާ ކިޔުމުގެ ގޮފީގެ ކިޔެވުން އޮންނާނީ، މާދަމާ ( 04 ސެޕްޓެމްބަރ 2010 ) ހޮނިހިރު ދުވަހުގެ ހެނދުނު 10.00 ޖަހާއިރު ނ.ލަންދޫ ސުކޫލުގެ ހޯލުގައެވެ
.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ