٢٠١٠-٠٩-٠٨

ކަރަންޓްބިލް ބޮޑުކޮށްފި

ލަންދޫ ރައްޔިތުންގެ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޔާ ހަވާލުކުރިތާ މަސްދުވަސް ތެރޭ، ކަރަންޓް ބިލް ބޮޑުކޮށްފިއެވެ. މީގެ ކުރިން ކަރަންޓް ބިލްގެ ސައިޒަކީ ގާތްގަނޑަކަށް އޭ.ފައިވް ސައިޒަށް ވުރެން ތަންކޮޅެއް ކުޑަ ސައިޒެއް ނަމަވެސް މިދިޔަމަހުގެ ކަރަންޓްބިލް އައިސްފައިވަނީ އޭ.ފޯ ސައިޒުގައެވެ. ނަމަވެސް މިކަމުގެ ސަބަބުން ރައްޔިތުންގެ ޖީބުތަކަށް އަސަރެއް ނުކުރާނެއެވެ.
ބޮޑުވީ ކަރަންޓްބިލުގެ ސައިޒުއެވެ. ރޭޓްތައް ހަމަހުރީ ކުރީ މަހަކޭވެސް އެއްވަރަކަށެވެ. ހަމައެހެންމެ ކުރީ ބިލްތަކަށްވުރެން މިބިލް ބަލާލަން ފަސޭހަވެފައި ތަފްޞީލެވެ. މިއީ ހަމަގައިމުވެސް ރައްޔިތުންނަށް ވީ އިތުރު ފަސޭހައެކެވެ.
ކުރިޔަށް އޮތްތަނުގައި ބިލްގެ ސައިޒާއި އެއްވަރަށް ބިލުގެ ރޭޓްތައް ބޮޑު ނުވެއްޖެއްޔާއި ކިތަންމެހާވެސް ރަނގަޅެވެ.

3 ޚިޔާލު:

غير معرف يقول...

އަނެއްކާ އަހަރެން ހީކުރީ އަގުބޮޑު ކުރީ ކަމަށް ..މިހާރު އެނގިއްޖެ މަޢުލޫމާތުތައް ރަނގަޅަށް ކިޔުމުގެ މުހިންމުކަން.

غير معرف يقول...

ކިރިޔާއެއްނުން، އިންޖީނުގެ ދޮށަށް އެއްވާން ނުޖެހުނީ އަނެއްކާ ؟ ނަޞީބެއްނުން މި ލިޔުން އެއްކޮން ކިޔުންކަންވެސް، ހޮޅުއަށި ބްލޮގު ވަރަށް އަޕްވޭ އެނގޭ.. ވަރަށް ނައިސް ކީޕް އިޓް އަޕް

غير معرف يقول...

ހަޤީގަތުގައިވެސް ބައެއް މީހުން ކިޔާނީ ކޮންމެ އެއްޗަކުންވެސް އެއްބައި.......ހީވަނީ ކަންނެތީހެން

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ