٢٠١٠-٠٩-٠٨

ޝައްވާލުމަހުގެ ހަ ރޯދަ

މާތްވެގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، ރަމަޟާންމަހާއި ވިދިގެން އަންނަ ޝައްވާލުމަހުގެ ހަ ރޯދަ އާއި ދޭތެރޭ ސަމާލުވުމަށް ވެސް ތި އެންމެ ބޭފުޅުންނަށް ނަޞޭޙަތްތެރިވަމެވެ. ހިތާއި ނަފުސު ސާފުޠާހިރުކޮށްގެން މި ބަރަކާތްތެރި ރަމަޟާންމަހު ރޯދަ އަށް ހުންނެވިފަދައިން އެ ހަ ރޯދަވެސް ހިފުމަށް ސަމާލުކަން ދިނުމަށް މި ބްލޮގުގެ ފަރާތުން ތި އެންމެ އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވަމެވެ.
އާއެކެވެ. އެއީ ވަރަށްވެސް މާތް ހަ ރޯދައެކެވެ. ޝައްވާލުމަހުގެ ހަ ރޯދަ އާއި ބެހޭގޮތުން މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘް އެއްގެ މާނައިގައެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ރޯދަ މަހުގެ ރޯދަ ހިފާފައި އެއާއި ތަބާކޮށްގެން ޝައްވާލުމަހުން ހަ ރޯދަ ހިފައިފި މީހަކު މުޅި އަހަރު ދުވަހު ރޯދަ ހިފި މީހަކު ފަދައެވެ. ( ރަވާހު މުސްލިމް ) " ( ދަރުމަ- 2004 – 65 ވަނަ ޞަފުޙާ )
ރަމަޟާންމަހުގެ ރޯދަ ބަލިވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކުން ގެއްލިފައިވާ ބޭފުޅުން، މި ހަ ރޯދަ ހިފަން ބޭނުން ފުޅުވާކަމަށްވާނަމަ، ޢިލްމުވެރިންނާއި ސުވާލުކޮށްގެން އޭގައިވާ އެންމެ ރަނގަޅުގޮތް ހޯދައިގެން މިކަންކުރުމަށްވެސް މި ފުރުޞަތުގައި ނަޞޭޙަތްތެރިވަމެވެ. އަދި ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދަތައް އެކި އެކި ސަބަބު ތަކާއި ހުރެ ގެއްލިފައިވާ އަޚުންނާއި އުޚުތުންވެސް ވީހާވެސް އަވަހަކަށް އެ ރޯދަތައް ޤަޟާކުރުމަށް މި ބްލޮގުގެ ފަރާތުން ނަޞޭޙަތްތެރިވަމެވެ.
ސަބަބަކީ މާދަމާ އަކީ އަންނާނެ ދުވަހެއްކަން އެނގޭތީވެއެވެ. އެހެންނަމަވެސް އެއީ ކޮންދުވަހެއްކަން އެކަކަށްވެސް ނޭންގޭތީވެއެވެ. އެއީ ތިބާގެ ނިމުން ކަމުގައި ވެސް ވެދާނެއެވެ. ވީމާ، ފަހަށް ނުބަހަށްޓައި ކުޅަދާނަވީ މިންވަރަކުން ޤަޟާރޯދަތައް ހިފާ ނިންމެވުމަށް އަދި އެއްފަހަރު ނަޞޭޙަތްތެރިވަމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ