ނ.ލަންދޫ ލިޔެސް ޖަމްޢިއްޔާއިން ފިޠުރު ޢީދުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރުތައް ބޭއްވުމަށްޓަކައި ފުޓްބޯޅަ ދަނޑު ސާފުކުރުމުގެ މަސައްކަތް ފެށުމަށް ދާދި ދެންމެ އަކު ޒުވާނުން ދަނޑަށް އެއްވެއްޖެއެވެ. ކުޑަވަރެއްގެ ފުޓްބޯލު ޕުރެކްޓިސް އެއް ޖެއްސުމަށްފަހު ދަނޑު ނޮޅުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އެތަނުން ބައިވެރިޔަކު މަޢުލޫމާތު ދެއްވިއެވެ. ނުކުޅެ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ދަނޑުވަނީ ފުދޭވަރަކަށް ވިނަ ފަޅާ ވާވެފައެވެ.
މިމަސައްކަތް ކުރުމަށް ގިނަ އަދަދެއްގެ ޒުވާނުން ފޯރިޔާއި ޖޯޝާއު އެކު މަޑުމަޑުން ދަނީ ދަނޑަށް ޖަމާވަނުންނެވެ. މިކަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފިޠުރު ޢީދުގެ މުނާސަބަތުގައި ބާއްވާ ވަންޑޭ ފުޓް ބޯޅަ މުބާރާތް ބޭއްވުމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކުޅުންތެރިންގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ބޭނުމުގައެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ