٢٠١٠-٠٩-١٧

ހަ ރޯދަ ނިމުމުން

ހަ ރޯދަވެރިންނަށް ތިކުރި ހިތްވަރަށް ސާބަސް ރައްދުކުރާއިރު، ހެޔޮ ޖަޒާ ދެއްވުން އެދި ﷲ ގެ ޙަޟުރަތުގައި ދުޢާ ކުރަމުއެވެ. އޭ އަޚާއެވެ. ދަންނާށެވެ. އިންސާނާޔަކީ އަބަދުވެސް ފާފާގެ ތެރެއަށް ވަދެގަތުމަށް ވަރަށްވެސް ޝަޢުޤުވެރިކަން ހުންނަ މަޚުލޫގެކެވެ. އެހެންކަމުން ހެޔޮޢަމަލު ކުރުންމަތި ދެމިހުރުމަށް ތިބާއަށާއި އަދި އަޅުގަނޑުގެ އަމިއްލަ ނަފުސައް ނަޞޭޙަތްތެރިވަމެވެ.
ނުބައި ކަންތަކަށް އަރައިގަނެވިދާނޭ ކަމުގެ ބިރަށްޓަކައި އެފަދަ ކަންކަމުން ރައްކާތެރިވުމަށްވެސް ހެޔޮ ޢަމަލުގެ ބޭނުން ތިބާ ކުރާށެވެ. ހެޔޮކަންތައް ވަނީ މިމާތްވެގެންވާ އިސްލާމް ދީނުގައެވެ. ބޮޑެތި ފާފައަށް އަދި ކުދި ފާފައަށްވެސް ތިބާއަށް އެނގިހުރެ އަރައިނުގަންނާށެވެ. " ހުޅުކޮޅެއްގެ ނިވަލުގައި ޒިނޭއަށް ފަރުދާވި " ޒުވާނާ ފަދައިން ވުމަށް ތިބާ ވެސް ޢަޒުމު ކަނޑައަޅާށެވެ.
މި ބްލޮގުގެ ފަރާތުން ތި ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނަށް ހެޔޮކަންތަކުގައި ދެމިހުރުމަށާއި އިސްލާމް ދީނުގައި ކުރުން ނަހީ ކުރައްވާފައިވާ ކަންތަކުން ދުރުހެލިވެ ތިބުމަށް ނަޞޭޙަތްތެރިވަމެވެ. ޔާ ﷲ، އަޅަމެންނީ އިބަ ﷲ ރުއްސެވި މަގުން ހިނގާ، އަދި އިބަ ﷲ ނަހީ ކުރެއްވި އެންމެހާ ކަންތަކުން ދުރުހެލިވެގެންވާ ބައެއް ކަމުގައި ހައްދަވާ ފާންދޭވެ. އަދި އަޅަމެންނީ ނަރަކައިގެ ވޭންދެނިވި ޢަޛާބުގައި ސާމިލްވާ ބައެއް ކަމުގައި ނުލައްވަވާ، ޖަންނަތުގެ ހިޔާވަހިކަން ލިބިފައިވާ ބައެއް ކަމުގައި ލައްވަވާ ފާންދޭވެ. އާމިން.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ