
ދާދިދެންމެއަކު (17 ސެޕްޓޭމްބަރ 2010 ގަޑި 11:30 ) މިރަށު ގެއަކުން ސީން ތަށިތަކެއްފެނިއްޖެއެވެ. ވަރަށް ކުއްލިގޮތަކަށް މިބްލޮގަށް މަޢުލޫމާތު ލިބުނުގޮތުގައި މިތަށިތައް ފެނިފައިވަނީ ލަންދޫގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ޤަބޫލްކުރާ ޔޫސުފް އަބްދުއްރަހީމް (ޔޫއްޓޭ) ގެ ގެވަޅު ރޮއިޓާސް އިންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިތަށިތަށްނފެނިފައިވަނީ އެގޭ ވަލިމަގު ފަރާތުގައި ވަޅެއް ކޮންނަން އުޅެނިކޮންނެވެ. މިތަށިތަކަކީ ވަރަށް ގިނަދުވަސްވެފައި ތަށިތަކެއް ކަމަށް މިތަކެއްޗާއި ހަވާލާދީ ޔޫއްޓޭގެ ބަފައިބެ ކަމަށްވާ މިރަށު އެންދެރިމާގެ ޔޫސުފް އާދަމް (ޔޫބެ) ވަނީ ބުނެފައެވެ.
މިތަށިތަށް ފެނިފައިވަނީ މިގޭގެ ވެރިމީހާ ކަމަށްވާ ޔޫއްޓޭއަށް ކަމަށްވެސް މަޢުލޫމާތުލިބެއެވެ. ޔޫއްޓޭ ބުނިގޮތުގައި ޖުމްލަ 4 ތަށި ވަނީ އެވަޅުގަނޑުން ފެނިފައެވެ. ނަމަވެސް އުދަލިންޖެހުމުގެ ސަބަބުން އޭގެ ތެރެއިން 2 ތަށިވަނީ ތަޅައިގެން ގޮސްފައެވެ.
މިހާރު މިތަށިތައްވަނީ އެމީހުންގެ ބެލުމުގެ ދަށުން އެންދެރިމާގެއަށް ގެންގޮސްފައެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ