٢٠١٠-٠٩-١٧

ނޫސްވެރިކަމުގެ އަސާސީ ކޯސް - ޖޯކު

ނޫސްވެރިކަމުގެ އަސާސީ ކޯހަކަށް ކިޔަވަން ދިޔަ ގޮލައެކެވެ. ކިޔަވައިދިންމީހާ ބުނެދިން ގޮތުގައި ޚަބަރަކީ އަލަށް ހިނގާ ބޮޑު ކޮންމެ ކަމެކެވެ. ފިލާވަޅު ނިންމާފައި ހޯމްވޯކެއްގެ ގޮތުގައި މަސައްކަތެއް ހަވާލު ކުރިއެވެ. އެއީ އެ ގައުމުގެ ފައްޅިއެއްގައި އޮތް މާ ޝާހީ ކައިވަންޏެއްގެ ޚަބަރު ތައްޔާރު ކުރުމަށެވެ. އަނެއް ދުވަހު ކުލާހުގެ ބައިވެރިން އައިމާ އެންމެ ފުރަތަމަ ސަފުގައި އިން ކުއްޖާގާތުގައި ޚަބަރު ކޮބައިތޯ އަހާލީމާ ބުންޏެވެ. ސަރ އެވެ. ޚަބަރެއް ތައްޔާރު ކުރެވޭ ގޮތެއް ނުވިއެވެ. ކީއްވެތޯ އަހާލީމާ ބުންޏެވެ. ވީ ގޮތަކީ ކައިވަނީގެ ޚަބަރު ތައްޔާރު ކުރަންވެގެން ފައްޅި ހުރި ހިސާބަށް ދިޔަ އިރު، ކައިވަނި ކުރަން ތައްޔާރުވެގެން ތިބި ދެމީހުންނާއި އެހެނިހެން މީހުންތައް ވަރުގެ ކޮޅަށް ނަލަހެދިގެން ފައްޅިއަށްވަންނަނީ އެވެ. އެކަމަކު ކަންދިމާކުރި ގޮތުން އެހިސާބަށް އައި ބިންހެލުމެއްގައި އެ އެއްމެންގެ މައްޗަށް ފައްޅިވެއްޓި މުޅި ރަށް ހަލާކުވެއްޖެވެ. އެހެންވީމާ ދެން ކޮން ޚަބަރެއްތޯއެވެ؟ އަޅުގަނޑުވެސް ސަލާމަތްވީ ހަމަ ކިރިޔާއެވެ. ބިންހެލުން ނައިނަމަ މޮޅު ޚަބަރެއް ލިޔެލަން ލިބުނީހެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ