ތަރުޖަމާ: ނަބީލް
އެއީ ހޮސްޕިޓަލުގައި އެދުމަތިކުރެވިފައި އޮތް ދެއަތް ވާވެފައިވާ މީހެކެވެ. އޭނާގެ ކުރިމަތީ ކާއްޔެއްގައި ޚަތިމެއް ބާއްވާފައި އޮތެވެ. އޭނާ އާ ސުވާލުކުރެވުނެވެ. ތިބާ ބޭނުންވަނީ ކޮން ކަމެއްހެޔެވެ؟
ބަލިމީހާ: އަހަރެންގެ އެދުންތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެއްކަމަކީ:
اﷲ ތަޢާލާ އަހަރެންގެ އަތަށް ޙަރަކާތްކުރުމަށް މިންވަރުކުރައްވައިފިއްޔާ މިޚަތިމުގެ ޞަފްޙާތައް އަހަރެންގެ އަމިއްލަ އަތުން ހުޅުވާ ހެދުމެވެ. އެއީ މިހާރު އަހަރެން މިހެން އޮވެ ޤުރްއާން ކިޔަވަމުން ގޮސް ޞަފްޙާ ނިމޭއިރު ޞަފްޙާ އެއްލައިދޭނެ މީހަކު ނުހުރެއެވެ. ދެން އަހަންނަށް މަޖުބޫރުވަނީ ކޮންމެވެސް ނަރުސްކުއްޖަކަށް ގޮވާށެވެ. އެއީ ފަހަރުގައި ނަޞާރާއަކަށް ވެސް ވެދާނެއެވެ.
ދެވަނަ ކަމަކީ މާތް اﷲ މިންވަރުފުޅުން އަހަރެންނަށް ކުޅަދާނަކަން ލިބުނިއްޔާ އަހަރެންގެ ނިއްކުރި ބިންމަތީ ޖައްސާ އެކަލާނގެއަށް ސަޖިދަކުރުމެވެ. އެއީ އަހަރެން އެފަދައިން ސަޖިދަ ނުކުރާތާ ހަތް އަހަރު ފާއިތުވީއެވެ. އަހަރެން މިއޮންނަނީ ސަޖިދައެއްގެ މީރުކަމަށް ބޭނުންވެފައެވެ.
އޭ ޙަރާމްކަންތައްތަކުގައި މާތްކަލާނގެ ދެއްވި އަތް ބޭނުންކުރަމުންދާ މީހާއެވެ؟ އޭ ސިނގިރޭޓު ބޯ މީހާއެވެ؟ ހިތުހުރި ކޮންމެ ޗެނަލަކަށް ލޯ އެއްލާން އަތުގެ އިނގިލިތަކުން ރިމޯޓުގެ ފިތްތަކަށް ފިތާ މީހާއެވެ؟ އެކި ފާޑުގެ ބެރެކި ފޮޓޯތަކާއި މަންޒަރުތައް ފޯނުންނާއި އެނޫންވެސް ގޮތްގޮތުން ފަތުރަމުންދާ މީހާއެވެ؟ ތިޔަ ނިޢުމަތުގެ މަތީން، ތިޔައީ މާތް اﷲ ދެއްވި ނިޢުމަތެއްކަން ހަނދާންކުރާކަށް އަދިވެސް ނުވޭހެއްޔެވެ؟

1 ޚިޔާލު:
ވަރަށްވެސް އިބުރަތްތެރި ނަސޭހަތުން ފުރިގެންވާ ވާހަކައެއް .އެއްޗެއް ކިޔާލީމަ މިއެނގެނީ އޭގައި ބުނާއެއްޗެއް
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ