ފިތުރު ޢީދުގެ މުނާސަބަތުގައި މާލޭގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބައިބަލާ މުބާރާތުގައި މިރޭ ލަންދޫގެ ދެ ޒުވާނުން ފެނިގެން ދާނެކަމަށް ދާދި ދެންމެއަކު މިބްލޮގަށް މަޢުލޫމާތު ލިބިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތުގައި ވާދަކުރާ ލަންދުގެ ދެ ޒުވާނުންނަކީ މިރަށު ވިނަރެސް ގޭ ނަޢުޝާދު އަބްދުއްރަހީމް (ނާގޭ) އާއި ބްލޫކިޔާގެ އަބްދުﷲ އާރިފް (އާރިއްޕޭ) އެވެ.
މިއީ ނާގެ މިފަދަ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރު ނަމަވެސް އަރިއްޕޭ ވަނީ މިދިޔަ އަހަރުގެ މުބާރާތުގައިވެސް ވާދަކޮށް ވަރަށް މޮޅުކުޅުމެއް ދައްކާފައެވެ. އާރިއްޕޭ މިދިޔަ އަހަރުގެ މުބާރާތުގައި ކުޅެފައިވަނީ ވެސްޓް ކުޑަ ޓީމަށެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި މިދެކުޅުންތެރިންވެސް ކުޅެނީ "ޒެފްރޯލް ގޯޅި" މިނަމުގައި ބައިވެރިވެފައިވާ ޓީމަކަށެވެ
މިމުބާރާތަކީ ނޮކައުޓް އުސޫލުން ކުޅެވޭ މުބާރާތެކެވެ. މިރޭގެ 6 ވަނަ މެޗުގައި މިޓީމް ނުކުންނާނީ ޔޫ.އެން އެވަލިއުޝަންގެ ޓީމާއި ދެކޮޅަށެވެ. މިބްލޮގުގެ ފަރާތުން ޒެފްރޯލް ގޯޅި ޓީމަށް ކާމިޔާބަށް އެދެމެވެ..
.

2 ޚިޔާލު:
ނާގެ މިފަހަރުގެ މިސްޓަރ ބައިބަލާއަށް ވާދަކުރާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ
ragalhu tiya kudinna libee vanayaky hama landhoo a libee vanaye
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ