٢٠١٠-٠٩-١٢

ދަގަނޑު ގަންނަނީ

ކުރީގައިވެސް މި ބޮލުގައި ފާހަގަކޮށްފައިވާނޭ ފަދައިން ދަނގަޑު އެއްކޮށް އޭގެ ވިޔަފާރި ކުރުމަކީ ކޮންމެވެސް ވަރެއްގެ ފައިދާއެއްކުރާނޭ ކަމެކެވެ. އެގޮތުން އެކަމުން މަންފާ ހޯދުމަށް ލަންދޫގައި މަސައްކަތްކުރަމުންއައި ފަރާތްތަކަށް މިއަދު މިވަނީ ފޮނި ނަތީޖާ ފެންނަވަރުވެފައެވެ. ލަންދޫ ބަނދަރުގައި އޮތް މިދޯނިން ދަނގަޑު ކިލޯއެއް ގަންނަނީ 0.50 ލާރިއަށެވެ.
ދަނގަޑަކީ އޭގައި ވަރަށްވެސް ބުރަދަނެއް ހުންނަ އެއްޗެއް ކަމުން، އުކާލުމުގެ ބަދަލުގައި މިގޮތަށްވެސް ފައިދާއެއް ހޯދުމަކީ އެދެވިގެންވާ ފައިދާއެއް ލިބޭނެ ކަމެކެވެ. ލަންދޫގެ ވަރަށްގިނަ ފަރާތްތަކުން ދަނީ މިކަމަށް ތަރުޙީބުދީ ދަނގަޑުގެ ބާވަތްތައް މި ދޯންޏާއި ހަމައަށް ވަރަށް ފޯރިއާއި އެކު ގެނެސް ވިއްކަމުންނެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ