މިއަދު މާފަރުގައި ލަންދޫގެ ފުޓްބޯޅަ ޓީމާއި މާފަރު ޓީމާއި ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ނިމުނީ 4 – 4 ކުން ދެޓީމްވެސް އެއްވަރުވެގެންނެވެ. ފުރަތަމަ ހާފު ނިމުނު އިރު ކުރިހޯދާފައިވަނީ 3 – 0 ކުން މާފަރު ޓީމެވެ. ދެވަނަ ހާފުގައި ލަންދޫ ޓީމްގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ ވަނީ 4 ގޯލް ޖަހާފައެވެ. އެހެންނަމަވެސް މެޗް ނިމެން ދާދި ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް މާފަރު ޓީމަށް ލިބުނު ޕެނަލްޓީއަކުން ވަނީ މެޗްގެ ސުކޯރ 4 – 4 ކުން އެއްވަރުވެފައެވެ.
އޭގެ އިރުކޮޅެއްފަހުން ލަންދޫ ޓީމުގެ މުޙަންމަދު އިރުޝާދު ( ރެޑޭ ) އަށް ވަނީ ވަރަށްވެސް ހުސް ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. ލަންދޫއަށް ގޯލު ޖަހައިދީފާ ވަނީ ޖޯޒީ ނަންބަރު ބާރަ މުޙަންމަދު ސަމާހު އާއި ނުވަ ނަންބަރު އަކުރަމުއެވެ. ލަންދޫ ޓީމްގެ 4 ޖޯލުޖެހުމުގައިވެސް 10 ނަންބަރު ސިނާނު ޢަބުދުލްޤަނީ ގެ ހިއްސާ ވަރަށް ބޮޑެވެ.ލަންދޫ ޓީމަށް 3 ގޯލް ޖަހައިދީފައިވަނީ މުޙަންމަދު ސަމާހުކަންވެސް ވަރަށް އުފަލާ އެކު ފާހަގަކޮށްލަމެވެ.
ލަންދޫ ޓީމް އުޅެނީ މިހާރު ކުޅުން ނިންމާ ރަށަށް އައުމުގެ މަގުމަތީގައެެވެ. އަދި މިމެޗްގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފަ ނުވާކަމީ ލަންދޫ ޓީމާއި މާފަރު ޓީމް ދެއްކި ވަރަށް ފުރިހަމަ ނަމޫނާއެއްކަން މި ބްލޮގުގެ ފަރާތުން ފާހަގަކޮށްލަމެވެ
މިއަދު ލަންދޫ އާއި އެކު ކުޅުނު މާފަރުގެ ޓީމްވަނީ ޢީދު ފުރަތަމަ ދުވަހު މާފަރުގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަކާއި ކުޅެ 14-2 އަކުން މެޗް ކާމިޔާބުކޮށްފާކަން ވެސް ފާހަގަ ކޮށްލަމެވެ


0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ