ނ.މާފަރުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗް ކުޅުމަށްޓަކައި މާފަރުން 2 ލާންޗު ފޮނުވުމުން ލަންދޫ ޓީމް މާފަރަށް ދަތުރުފަށައިފިއެވެ. މާފަރަކީ ކައިރީގައިވާ ރަށެއްކަމުން 7 މިނެޓުން ލަންދޫ ޓީމް މާފަރަށް އަރާނެކަމަށް ލަފާކުރެއެވެ.
މާފަރަށް ދިޔައީ ދުވަސްވީ ޓީމާއި އަދި ޒުވާނުންގެ ޓީމްވެސް ގޮވައިގެންނެވެ. އެއީ ޒުޥާނުންވެސް ހިމެނޭނެހެން މެޗް ކުރިއަށް ގެންދިޔުމަށެވެ. މިއީ ދެފަރާތުންވެސް ނިންމި ނިންމުމެންކަން މި ބްލޮގަށް މަޢުލޫމާތު ވަނީ ލިބިފައެވެ.
ލަންދޫ ޓީމަށް ކަމިޔާބަށް އެދެމެވެ. މި މެޗްގެ އެންމެ ފަހުގެ ޚަބަރުތައް ލިބުނުހާ އަވަހަކަށް ގެނެސް ދެވޭނެއެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ