٢٠١٠-٠٩-١٥

ހިތުގައި މިއަޅާ ވޭން

ކިޔާފައިވަނީ:އަލް އަޚް ޢަބުދުﷲ ރަޝީދު / އަލް އަޚް ޒައިދު
އަލްބަމް: ދަރުސް
ވޭނެއް ހިތުގައި މިއަޅާ ކިހިނެއް ހޭ ބުނެދޭނީ
ހޭނެތިވެ ނުދާވަރުހޭ ފެނިމަންޒަރުތައް ވޭނީ
ވާނެގޮތެއް ވަންދެން ނުހުރެ ހިނގާށޭ އަޅެ ތެދުވާން
އުންމަތުގެ ރޫޙް ހޭލައްވާން މިންޖު ފިތުނާތްވެ މިނިވަންވާ
................
ފިތުނައިން ހިލޭ ހުރިހާ ވަބާ މުޅި އުއްމަތަށް ވެރިވީ ތަނޭ
މިތުރުން ތެރޭ މި ފަސާދަޔާ އަނިޔާ ފިލާ ނުމެދާތަނޭ
...............
އެއްބަޔަކު ރޮއެ ރޮއެ ޙާލުގައި އަމްނާ އަމާނާ ގެއްލިފާ
އެއްބަޔަކު ހީ ހީ އުފަލުގައި ދުނިޔޭގެ މަޖަލަށް ހެއްލިފާ
...............
އުއްމަތް އޮތީ ވަކިވަކިވެފާ އެކި ގޮތްގޮތަށް ބައިބައިވެފާ
ނުފުރޭ ނެހޭ ކަރުނުން ދެލޯ ފެނުމުން މިޙާލް މި އުއްމަތުން
...............

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ