ލިޔުނީ . ގުރާ ދެކެ ލޯބިވާ
ކުޑަކުޑަ ލޯބިލޯބި ގުރައެއް އަހަރުމެންގެގޭގައި އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެ ގުރާއަހަރުމެންގެ ގެ އަށް ހިޖުރަ ކުރީ ކޮންތާކުންކީއްވެގެންކަން ބަލާކަށް އަހަރެން ބޭނުމެއް ނޫނެވެ.އެއީ އަހަންނަށް ލިބުނު އަންހެން ދަރިފުޅަކީ ވެސްސަބަބެއް ނެތި އެހެން ގެއަކަށް ހިޖުރަކޮށްފައިވާދޫންޏަކަށް ވާތީ އެވެ. ހަމަ އެގޮތަށް އަހަރެންގެކުރީގެ އަނބިމީހާ ވެސް ވަނީ އެހެން ގެއަކަށްހިޖުރަކޮށްފަ އެވެ.
ގޭގެ ރަޖިސްޓްރީގައި ރަސްމީކޮށްހިމެނިފައި ނެތަސް އެ ގުރާ ވަނީ ގޭގެ އަފުރާދެއްކަމުގައިވެފަ އެވެ. ކައިބޮއި ހަދަނީ ގެއިންނެވެ.ނިދަނީ ގޭގަ އެވެ. އެކަމާ އަހަރެން ދެކޮޅުވެރިބަހެއް ނުބުނަމެވެ. ނުވެސް ބުނާނަމެވެ.
އެކަމަކު ގުރާ ފެންނަ ކޮންމެ ފަހަރަކު ފިކުރުބޮޑުވެ ހާސްވެފައި ވާތީ އެކަމާ އަހަރެން ކަންބޮޑުވެއެވެ.
ގެއަށް އައި ފުރަތަމަ ދުވަހު ގުރާތިރިކޮށްގެން އިށީދެ އިނީ ބޭރުގައި އައްސާފައިހުރި އުނދޯއްޔެއްގަ އެވެ. ލަވަޖަހާ ސެޓުންއަޑުގަދަކޮށް ޖަހަމުން ދިޔަ ލަވަ އަޑުއަހަން ވަރަށްހިތްގައިމުކޮށް އިނެވެ. އިރުކޮޅަކުން އަހަރެންބަލައިލިއިރު ލަވައިގެ މަސްތުގައި ގުރާ އޮތީ ނިދިފައެވެ. ހީވަނީ އަމިއްލަ އެނދެއްގައި މީހަކު ނިދާފައިއޮތް ހެންނެވެ.
އޭ ލޯބި ލޯބި ގުރަޔާ އެވެ! ކަލޭ ފަދައެހެން ގުރައެއް ކަލެއަށް ބޭވަފާތެރިވީ ހެއްޔެވެ؟
ބައެއް ފަހަރަށް ގެއަށް ނައިސް ތިންހަތަރު ދުވަސް ވާންދެން އުޅެނީ ކޮންތާކުހެއްޔެވެ؟ އަދި ބައެއް ދުވަސް ދުވަހު އެއްވެސްއެއްޗެއް ނުކައި ހުންނަނީ ނަދުރެއް ބުނެގެން ރޯދައަށް ހެއްޔެވެ؟
އެއް ދުވަހަކު ގެއަށް އައި އެހެންގުރަައަކަށް ހަމަލަދީ އެ ގުރާ ފޮނުވާލި އެވެ. އެއީކަލޭގެ ދުޝްމަނެއް ހެއްޔެވެ؟ ލޯބިވާ ގުރައެއްކަލެއަށް ބޭވަފާތެރި ވިއަސް އެހެން ގުރާތައް ދެކެރުޅި ނާންނާށެވެ. އެހެން ކޮންމެވެސް ގުރައަކާއަވަހަށް ހިތާ ވާށެވެ!
ލޯބީގެ ފަލްސަފާގައި މުސްކުޅި ޚިޔާލުނުގެންގުޅޭށެވެ. ހިތާވާ މީހާ ބޭވަފާތެރިވުމުންހިތާމަކޮށްކޮށް ފުރާނަ ދުއްވާލަން ނޫޅޭށެވެ.ލޯބިވެރިޔާއަށްޓަކައި މަރުވެގެން ދަނީ މާ ކުރީގެމުސްކުޅި ޚިޔާލުގެ މީހުންނެވެ. ޝީރީނާއިފަރުހާދެެވެ. ލައިލާ އާއި މަޖުނޫނެވެ. ދޮންހިޔަލައާއި އަލިފުޅެވެ. އެ މީހުން ނަމޫނާއަކަށްނުބަލާށެވެ. ޒަމާން ބަދަލު ވުމުން ލޯބި ވެސްބަދަލުވެ އެވެ. ޒަމާނީ ލޯބީގެ އުސޫލަކީ ހިތާވާމީހާ ބޭވަފާތެރި ވެއްޖެނަމަ ހިތާމަ ނުކޮށް އަވަހަށްއެހެން މީހަކު ހޯދުމެވެ.
އަބަދު ތިހެން ހުހަށް ހުންނަންނުހަދާށެވެ. ބައިވެރިއަކު ހޯދާށެވެ. އަދި ދަރިންހޯދާށެވެ. ހެޔޮ ގޮތުގައި އެ ދަރީން ތަރުބިއްޔަތުކުރާށެވެ. މުސްކުޅިވާ ދުވަހު އެހީތެރިކަމުގެ އަތެއްދިއްކުރަން ތިބޭނީ ދަރީންނެވެ. އެކަމަކު ދަރީންހޯދުމުގައި ބުޅާ ނަމޫނާއަކަށް ނުބަލައްޗެވެ.ބުޅަލަކީ ވިހެއުމަށްފަހު ދަރީންނަށް ވާ ގޮތް ބަލާއެއްޗެއް ނޫނެވެ. އެކަހަލަ އަންހެނުން ވެސް ތިބެއެވެ.
އޭ ލޯބިލޯބި ކުޑަކުޑަ ގުރަޔާ އެވެ!ކަލެއަށް ހަމަ ޔަގީނުން ވެސް ދިމާވެގެން ތިއުޅެނީއިޝްގީ މައްސަލައެކެވެ. ކަލެއަށް ވެފައިވާ ގޮތްފެނުމުން އަހަރެން ވަރަށް ދެރަވެ އެވެ. ކޮންމެވެސްދުވަހަކު އަހަންނާ ބޮޑަށް ރައްޓެހިވާށެވެ.އަހަރެންގެ ހިތާމަތަކާއި ހިތްދަތިކަން އެނގުމުންކަލޭގެ ހިތާމަތަކަށް ވެސް ލުޔެއް ލިބޭނެ އެވެ.
ބޭވަފާތެރި ކަމުގެ ރަހަ ލިބުމުން ޖަނަވާރުންނަށްކުރާ އަސަރާއި ލިބޭ ހިތާމަ އަށް ވުރެއިންސާނުންނަށް ކުރިމަތިވާ މުސީބާތް މާ ބޮޑެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ