٢٠١٠-٠٩-١٥

اﷲގެ މަގުގައި އެއްވެސް އެއްޗެއް ހޭދަކޮށްފިނަމަ އޭގެ ހެޔޮ ޖަޒާ اﷲ ދެއްވާނެއެވެ.-ދެވަނަބައި

އަނެއްދުވަހު އިރުގެ ދޯދިތައް މުޅި ދުނިޔެމައްޗަށް ފާއްދާލުމާއި އެކު އިސްމާޢީލު ތެދުވެ ނާސްތާކޮށްގެން ނުކުތީ ބާޒާރަށެވެ. ގެއަށް ބޭނުންވާނެ ބައެއް ތަކެތި ގަތުމަށެވެ. އިސްމާޢީލް ގޮސް ސަހަރުގެ ބާޒާރުގައި ހުރި މޭވާ ވިއްކާ ފިހާރައެއް ކައިރީގައި އޭނާގެ ހިމާރު މަޑުޖައްސާލިއެވެ. އަދި ސޭޓު ކައިރީގައި ބައެއް މޭވާ ކިރަން ބުނެފައި ލާރި ނަގަން ހަމަފެށިތަނުން ދުރުން އައި މީހަކު ސޭޓަށް ގޮވާލާފައި ބުންޏެވެ. އޭ އަޙުމަދެވެ! ރޭގައި މީހަކު އެއްކަލަ ގޯސްކޮށް އުޅޭ (ހަށިވިއްކައި އުޅޭ) އަންހެން މީހާ އަށް ޞަދަޤާތް ދީފިއެވެ. އެޞަދަޤާތް ދިން މީހެއްގެ ގަމާރުކަމާއެވެ. ދެން އެމީހުން އެވާހަކަ ދައްކާ އެކަމަށް ހަޖޫޖަހައި އުޅުނެވެ.
އިސްމާޢީލް މިޚަބަރުގެ އަޑު އިވިފައި ވަރަށް ދެރަވެގެން އެނބުރި ގެއަށް އައިސް ހިތަށް އެރިއެވެ. އަހަރެންނަށް އޮޅިގެން މިޞަދަޤާތް ދެވުނީ ނުބައި މީހަކަށެވެ. ހަމަކަށަވަރުންވެސް اﷲ އެ ޞަދަޤާތް އަހަރެންގެ ފަރާތުން ޤަބޫލެއް ނުކުރައްވާނެއެވެ. އަލުން ހަމަ ގައިމުވެސް އަހަރެން ޞަދަޤާތް މިވީގޮތުން ދޭންޖެހޭނެއެވެ.
މިހެން ހިތަށް އަރައި އިސްމާޢީލު ނިންމީ މިރޭ ޞަދަޤާތް ދޭން މިސްކިތާއި ދިމާލަށް ދިއުމަށެވެ. މިދުވަހުވެސް ރޭގަނޑުގެ އަނދިރިކަން ޖެހުމުން އިސްމާޢީލު އެއްކަލަ ރުނބާތަކުގެ ތެރެއިން ރުނބައެއްގައި ހުރި ލާރިތައް ކޮތަޅަކަށް އަޅައިގެން މިސްކިތާއި ދިމާއަށް ނުކުމެއްޖެއެވެ. އިސްމާއީލް ގޮސް މިސްކިތުގެ ދޮރުމަށްޗަށް ހުއްޓުނު އިރު މިސްކިތުގައި ނަމާދުކުރަން މީހަކު ހުއްޓެވެ. އޭނާ ލައިގެން ހުރި ހެދުމުގެ ފަސްބައި ވަނީ މުޅިން ކިލައިން ތަތްތެޅިފައެވެ. އިސްމާޢީލް ހިތަށްއެރިއެވެ. ޔަޤީނެވެ. މިވާނީ ހަމަ ޔަޤީނުންވެސް ދުވާލު ހަތަރުދަމު މީހުންގެ ދަނޑުތަކުގައި މަސައްކަތްކޮށްދީ އުޅޭ މީހަކަށެވެ. މީނާ މަސައްކަތް ކޮށްދީ އެއުޅެނީ ކުޑަކުޑަ ލާރިކޮޅަކަށްޓަކައެވެ. ފަހެ މިއަދަށްފަހު ދެން ފަޤީރުކަމެއް މީނާގެ މައްޗަކަށް ނެތެވެ. މިހެން ހިތަށްއަރައި އެމީހާ ސަޖިދައަށް ދިޔަ ދަނޑިވަޅު ބަލާފައި އެއްކަލަ ކޮތަޅު އޭނާގެ ކައިރީ ބަހައްޓާފައި އިސްމާޢީލް ނުކުމެގެން ވަރަށް އުފަލުން ގެއަށް ހިނގައްޖެއެވެ. އަދި ހިތަށް އެރިއެވެ. މިފަހަރު ހަމަ ގައިމުވެސް ޞަދަޤާތް މިދެވުނީ ހަމަ އެޞަދަޤާތް އެންމެ ޙައްޤު މީހާއަށެވެ. މިހެން ހިތާހިތާ ކިޔަމުން ވަރަށް އުފަލުން ގެއަށް ގޮސް ކައިގެން މިދުވަހުވެސް ނިދައިފިއެވެ.
އަނެއްދުވަހު ތެދުވެ ބާޒާރަށް ގޮސް ބައެއްތަކެތި ބަލަމުން ދަނިކޮށް ބަޔަކު ސިނބިސިނބި ލައްވާތަނެއްގެ ކައިރިއަށް އައިސް އިސްމާޢީލް ހުއްޓުނެވެ. އޭރު އެމީހުން ހީނހީނފައި ދައްކަނީ ރޭގައި މީހަކު މުއްސަނދި އަލް ފާރޫޤީ އަށް ޞަދަޤާތް ދިން ވާހަކައެވެ. އެމީހުން ބުންޏެވެ. -ނުނިމޭ-

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ