ލިޔުނީ: އެޑްމިން
ނ.ލަންދޫ ލޯކަށި އަށް އުފަން އަލް އަޚް ޙުސައިން ރިފްއަތު އަކީ ނ.ލަންދޫގައި ތަޢުލީމް ޚާޞިލް ކުރަން އުޅުމަށްފަހު އޭރުގައި ލަންދޫގެ ތަޢުލީމީ ފެންވަރު ދައްކަމުން މާލެއަށް ތަޢުލީމް ޚާޞިލްކުރުމަށް ބަދަލުވި ލަންދޫގެ ދަރިއެކެވެ. މީނާ މާލެއަށް ކިޔަވަން ބަދަލުވީ 2005 ވަނަ އަހަރު ލަންދޫ ސުކޫލުގައި ގުރޭޑް 4 ކިޔެވުމަށްފަހު ޖެހިގެންއައިއަހަރު ( 2006 ) ވަނަ އަހަރުއެވެ.
ފަންސަވީސް ސެޕްޓެމްބަރ 1995 ވަނަ އަހަރުގައި އުފަންވި އަލް އަޚް ޙުސައިން ރިފްއަތު މިއަދާ ހަމައަށްވެސް އެއްވެސް ކަހަލަ ފޫހިކަމެއް ނެތި ދަނީ ތަޢުލީމް ޚާޞިލްކުރަމުންނެވެ. އެކަމުގެ ނަތީޖާއަކަށް ވީ 2008 ވަނަ އަހަރު ޣިޔާޘުންދީން ސުކޫލުން ގުރޭޑް 7ކުން އަޚްލާޤީގޮތުން އެންމެ ރަނގަޅު ދަރިވަރުގެ މަޤާމް ލިބުމެވެ. މިއީ ހުުދު ލަންދޫ ދަރިޔެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް ހުދު އުފާކުރާކަމެވެ.
އެއަށްފަހު ޖެހިގެން އައި އަހަރު މުޅި ދިވެހިރާއްޖޭގައިވެސް ވިދަމުން އަންނަ ސުކޫލެއް ކަމަށްވާ މަޖީދިއްޔާ ސުކޫލަށް ބަދަލުވެ އެއަހަރު ވެސް އެ ސުކޫލުގެ ގުރޭޑް 8 ކުން އެންމެ އަޚްލާޤީ ގޮތުން ރަނގަޅު ދަރިވަރަކަށް ވަނީ ހޮވިފައެވެ. މިކަން އަޅުގަނޑުމެންނަަށް 15 ސެޕްޓެމްބަރ 2010 ވާ ދުވަހުގެ ރޭ ސާބިތުވެގެން ދާނެއެވެ. މަޖީދިއްޔާ ސުކޫލުގެ 2009 ވަނަ އަހަރުގެ ޢިނާމް ދިނުމުގެ ޖަލްސައިގާ މިކަން ލަންދޫ ގެ ރައްޔިތުންނަށާއި އަދި ލަންދޫގެ ލޮބުވެތި ކިޔަވާ ދަރިވަރުންނަށް ނަމޫނާ އެއްގެ ގޮތުގައި ފެނިގެންދާނެއެވެ.
ކިޔެވުމަށް ބޭނުންވަނީ ރަނގަޅު ޚުލުޤެއް ފިޔަވާ ދެން ކޯއްޗެއްހެއްޔެވެ؟ ޚުލުޤު ރަނގަޅު ވެއްޖިއްޔާމް ދަރިފުޅުގެ ކިޔެވުންވެސް ރަނގަޅުވާނެކަން ރިފްއަތުގެ މަސައްކަތުންވެސް ފެނިގެން އެބަދެއެވެ. މާލޭގެ ބޮޑެތި ސުކޫލުގައި ކިޔަވަމުންދާއިރު އެއްވެސް ގުރޭޑެއްގައި ތަކުރާރު ނުވުމަކީ ކިޔެވުންވެސް ރަނގަޅުކަމުގެ ފުރިހަމަ ހެއްކެކެވެ. މައިންބަފައިންވެސް ކޮއްދޭ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ. އެވެރިން އުފާކުރާނޭވެސް ކަމެކެވެ.
ލަންދޫ ސުކޫލުގައި ތަޢުލީމް ޚާޞިލްކުރި އިރުވެސް ކުލާހުގެ ރަންވަނަ ތަކުގައާއި އަދި ސުކޫލުގެ ރަންވަނަ ތަކުގައިވެސް ވާދަކޮށްފައިވާ މި ދަރިވަރަކީ މީހުންނަށް އޯގާތެރި މަޑުމައިތިރި މިޖާޒެއްްގެ ވެރި ދަރިވަރެކެވެ. ތަޢުލީމް ޚާޞިލް ކުރަމުން އެދަނީ މަޖީދިއްޔާ ސުކޫލުގެ ގުރޭޑް 9 ގައެވެ. އިތުރު ހިތްވަރުލާ ސުކޫލުގެ ރަންވަނަ ތަކުގައި ހިމެނުމުގެ އުންމީދުގައެވެ. މި ބްލޮގުގެ ފަރަތުންނާއި އަދި ލަންދޫ ރައްޔިތުންގެ ނަމުގައާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތިޔަ ހޯދަމުން އަންނަ ކާމިޔާބީތަކަށް މަރުޙަބާ ކިޔަމެވެ. ދުޢާ އަކީ ﷲ ތިބާގެ ކިޔެވުމުގައި ބަރަކާތް ލައްވާ، ތަޢުލީމީ ގޮތުން ރަން ވަނަތަކެއް ތިބާއަށް ލިބުމެވެ. އާމީން
ފުރިހަމަނަން: ޙުސައިން ރިފްއަތު
ޢާންމުނަން: ރިފްއަތު
އުފަންތާރީޚް: 25 ސެޕްޓެމްބަރ 1995

2 ޚިޔާލު:
marukhba
މަރުޙަބާ ރިފޫ ތިޔަކުރާ މަސައްކަތަށް ފަށްފަށުން ޝުކުރިއްޔާ...
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ