ކިޔާފައިވަނީ: އަލް އަޚް ޢަލީ ރަމީޒް ބިން ޤާސިމް
އަލްބަމް: އޭ އުޚުތާ
ހަވާނަފްސައް ތަބާވާކަށް ނުވެސް ވާނޭ މިއިންސާނާ
އަވައިގާޖެހި މަގުކައްސަން ތިމާގެންދާނެ ޝައިޠާނާ
ދިމާޔަށް އޭ އަދުއްވެއްކަން އެނގޭއިރު އޭގެ ފަސްބައިގާ
ތިމާ އެލިގެން އުޅުން ވާނީ ގަޔާވުން ކައިރި އަލިފާނާ
...............
މިތާދުނިޔޭގެ ދަޅަތަކަކީ އިތާމުތްކަން ހިތުން ދެކެމުން
ބިތާކޮށްގެން ފެއަށްތިދަނީ ޢިޠާޢަތު ޙައްޤު ޤުރުއާނާ
ހަލާކަތު ދުޝްމަނުންދައްކާ މަގުން މީހާ ދުރައްދަންޏާ
މަލާމާތް ލިބުނަކަސް އަމުދުން ބަލާޔަށްވާނެ ހިތްހާނާ
ހެވާނުބަޔާ އެނގެންއޮއްވާ އެވާނޭ ޢިލްމް ފޮރުވައިގެން
އެވާ އަލިފާނުގައި ޖެހުމުން ތިމާ ވޭ އޭގެއަށްކާނާ
..............
މަޖާ ދުނިޔޭގެ މަޝްރަޙުގައި ރަޖާލައިގެން ނުވެސް އޮވެދޭ
ނަޖާނެއް މަގުތަކަށް ދީލާ ދިމާކޮށްލާނެ މަސްތާނާ
ރަލާ މަސްތާއި ގިރިޓީކޮށް ޖަލާކަސްތޮޅު ތަކާއި އެކުވެރި
ފޮލާކަމުގައި ހަދާ ދައްކަން ގޮލާ އިންނާނެ މަލްޢޫނާ
.................
ބޮޑެތިކަންތައް ލޮލޮށްހާނާ ކުރަކިމަގުތައް އޮމާންކުރުވާ
ބޮޑެތިކުއްވެސް ބޮލަށް މަހަނީ ފެޔަށްޖައްސާފަ އީމާނާ
ނިރާލީ ގޮތްތަކަށް ބޯދީ ވިރާސީ ދީނަކަށް މަރުދީ
ބިރާލަދު ނެތި ތިވައްތަރުވީ ގޮތާ ފޮތް ނެއްހެޙައިވާނާ
..................
ޙަދީޘާ އާޔަތާ އޮއްވާ ޤަދީމީ މުސްކުޅިންގެ ބަހޯ
އަދީބީ ބަސްތަކުން ޝިރުކީ މަދީޙުން ކޮށްލި ހައިޖާނާ
ޖަމާކޮށްމާލު ބައްކުރަމުން ދަމާބަނދެ ފޫގަޅާއެންމެން
ދަމާ މާޔަށް ދެލޯ ހުޅުވޭ ފަހުން އެނގެނީތި އަފްސާނާ
................

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ