٢٠١٠-٠٩-١٤

اﷲގެ މަގުގައި އެއްވެސް އެއްޗެއް ހޭދަކޮށްފިނަމަ އޭގެ ހެޔޮ ޖަޒާ اﷲ ދެއްވާނެއެވެ

ތަރުޖަމާ: ޢަލީ ޒައިދު، ދ.ކުޑަހުވަދޫ، މެޑޯޒް

ޒިނޭކުރަމުން އައި އަންހެނެއް...، ވައްކަން ކުރަމުން އައި ވަގެއް...، މުއްސަނދި ބަޚީލުމީހެއް...
***
ވަރަށް ކުރީ ޒަމާނެއްގައި، އެއްސަހަރެއްގައި އިސްމާޢީލް އެވެ، ކިޔުނު މީހަކު އުޅުނެވެ. އޭނާ އުޅުނީ ކަނޑުގެ އައްސޭރީގައި މީހުން އުޅޭ ހިސާބާއި ކުޑަކޮށް ދުރުގައި ހުންނަ ގެއެއްގައެވެ. އޭނާއާއި އޭނާގެ އަނބިމީހާ އުޅެމުން އައީ ނުހަނު ސީދާ ސާދާ ދިރިއުޅުމެކެވެ. މިހެން އުޅެމުން އެކި ދުވަސްމަތިން ލާރި އެއްކުރަމުން އެއްކުރަމުން އައިސް، އިސްމާޢީލު ބޮޑު ރުނބައެއްގެ ދީނާރު އެއްކޮށްފިއެވެ. އަދި އެރުނބާގައި ހުރި ހުރިހާ ދީނާރުތައް ހަމައަށް ކުދި ތިން ރުނބައަށް ބަހައިފިއެވެ. ދެން މިތިން ރުނބާ ގޭގެ ފުރަގަހުގައި ވަޅެއްކޮނެފައި ވަޅުލައިފިއެވެ.
އެއްދުވަހެއްގައި އިސްމާޢީލު އެއްކަލަ ރުނބާތައް ހޯދަން ކޮންނަން ފެށިއެވެ. ކޮންނަމުން ކޮންނަމުން ގޮސް އެ ނަގާފައި މަޑުމަޑުން ހިތާހިތާ ކިޔާލިއެވެ. ކޮންމެއަކަސް މިހާގިނަ ލާރި އަހަރެންނަށް ލިބިހުރެމެ މިއިން ޞަދަޤާތް ނުކޮށް ހުންނާކަށް ނުވާނެއެވެ. މިހެން ހިތައި އިސްމާޢީލު ނިންމީ ރޭގަނޑުގެ އަދިރިކަން ޖެހުމަށްފަހު ޞަދަޤާތް ދޭށެވެ. އެއީ ދުވާލު ފާޅުގައި ދޭ ޞަދަޤާތަށްވުރެ ރޭގަނޑުގެ އަދިރިކަމުގައި ދޭ ޞަދަޤާތް اﷲ ގެ ޙަޟްރަތުގައި މާ ލޮބުވެތިކަން ބޮޑު ވާނެތީއެވެ.
މިހެން ހިތައި އެރޭ، ރޭގަނޑުގެ އަނދިރިކަން ޖެހުމުން އިސްމާޢީލު އެއްކަލަ ރުނބާތަކުގެ ތެރެއިން އެއް ރުނބާގައި ހުރި ލާރިތައް ކޮތަޅަކަށް އަޅައިގެން ނުކުމެއްޖެއެވެ. ނުކުމެގެންގޮސް ސަހަރު ތެރެއަށް އެރި އިރު ވަރަށް ދުރުން މީހެއް ފެނިއްޖެއެވެ. ތަންކޮޅެއް ކައިރިއަށް އައުމުން އެއީ މެދު އުމުރުގެ އަންހެނެއްކަން އެނގިއްޖެއެވެ. އިސްމާޢީލު ހިތަށް އެރިއެވެ. މިއީ ހާދަހާ ފަޤީރު އަންހެނެކެވެ. މީނާ ލައިގެން މިހިރަ ހެދުމުންވެސް އެކަން އެނގެއެވެ. ޔަޤީނެވެ. މީނާއަކީ ދުވާލު ހަތަރުދަމު ގޭގެ އަށް ގޮސް މީހުންނަށް މަސައްކަތް ކޮށްދީފައި ރޭގަނޑު ގެއަށް ދާމީހެކެވެ. މީނާ ރޭގަނޑު މި ފެންނަކަމަކީ، މީނާ ގޭގެއަށް މަސައްކަތް ކޮށްދޭން ދާކަން މީހުންނަށް ނޭނގުމަށް ކަމަށް ވުން އެކަށީގެންވެއެވެ. މިހެން ހިތައި އިސްމާޢީލް މީނާއަށް ގޮވާލިއެވެ. އޭ ދައްތާއެވެ! ދައްތައަކީ ވަރަށް ފަޤީރު މީހެއްހެން ހީވެއެވެ. ވީމާ މި ދީނާރުތައް ދައްތަ ގެންދާށެވެ! މިހެން ކިޔައި މީނާގެ އަތުގައި އޮތް ކޮތަޅު އެއަންހެން މީހާ އަތަށް ދީފިއެވެ. ދެން ވަރަށް އުފަލުން ހުރެ މީނާ اﷲ އަށް ޙަމްދުކޮށް ގެއަށްގޮސް ކައިގެން ނިދައިފިއެވެ - ނުނިމޭ - .

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ