ލިޔުނީ : އެޑްމިން
( މިއީ ޙަޤީޤީ ޙާދިސާއެއްކަމުން، މިވާހަކައިގާ އުޅޭ މީހުންގެ ނަމާއި ރަށާއި ގޭގޭ ނަމާއި އެވަނީ ބަދަލު ކުރެވިފައެވެ. މިއީ މަސްތުވާ ތަކެތީގެ ވަބައިގާ ޖެހުނު ޒުވާނެއްގެ ހިތި މާޒީގެ ޞަފުޙާތަކެކެވެ. )
އެ ޒުޥާނާ ކިޔައިދިނެވެ. އިރު އަރަމުން އަންނަ ވަގުތާއި އިރުއޮއްސޭ ވަގުތަކީ އަހަރެންގެ އޭރުގެ ހަނދާންތައް އާވަމުންދާ ވަގުތުތަކެކެވެ. ސަބަބަކީ އެ ދެވަގުތަކީ އޭރު އަހަންނަށް ފެންނަ މަންޒަރަކަށް ނުވެއެވެ. ނުހަނު ކުޑަ އިރުން ފެށިގެންވެސް އަހަރެންވީ އެދެ ވަގުތުގައި މަސްތުވެފައިވާ ޙާލުގައެވެ. އެހެންނަމަވެސް މިހާރު އަހަންނަށް އެދެވަގުތުން ﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އެއްކައު ވަންތަކަން ހާމަވެ، ހިތަށް ތަޞައްވަރު ވަމުންދެއެވެ. އެކުވެރިންނެވެ. ކުރާނެކަމެއް ނެތެވެ. އޭރު އަހަރެންވީ މަސްތުވެފައިވާ ޙާލުގައެވެ.
ބަންގީގެ އަޑު އަހަރެންވެސް އަހަމެވެ. އެހެންނަމަވެސް އޭރުގައި އަހަންނަށް އެ ވެގެންދަނީ މީހަކު ގޮވާލާ ފަތިވަރަކަށެވެ. އެބުނާ ފަލާޙާ ކާމިޔާބަކީ ކޮބައިކަމެއް އަހަރެން ނުދަންނަމުއެވެ. ފަސްވަގުތު ނަމާދުކޮށް އުޅޭ ޒުވާނުންނާއި ފުރައްސާރަކޮށް ދިމާކޮށް ހަދަމެވެ. އެހެންނަމަވެސް އެއިން ކުއްޖެއްގެ ނުރުހުމުގެ ބަހެއްވެސް އަހަރެންގެ ކަންފަތަކަށް ނުމެ އިއްވައެވެ. ޒުވާން ފުރައިގެ އަންހެން ކުދިންނަށް ޖެއްސުން ކުރުމަކީ މިހާރު އަހަރެން އިސްޖަހައިގެން ހުރިކަމަކު ވަރަށްވެސް ޝައުޤުވެރިވެގެން އަހަރެން ކުރަމުން އައިކަމެކެވެ.
އެކުވެރިންނޭވެ. ތި ޒުވާނުން ފަދައިން އަހަރެންވެސް ދުނިޔޭގައި ހުރީތީ ބޮޑުވެ ތަޞައްވުރު ފުދުނެވެ. އަދި ނުހަނު އަވަހަށް ކައިވެންޏަކާއި ހަމައަށް އާދެވުނެވެ. އާއެކެވެ. އެއީ ހިތްހެޔޮކަމުގަ ލާ މަސީލެކެވެ. މިއަދާ ޖެހެންދެންވެސް ޚިދުމަތުގައި އެންމެ ސިކުންތެއްވެސް ފަސް ނުޖެހެއެވެ. އޭރު އަހަރެންގެ ކަންތައް އެނގޭއިރުވެސް އޭނާ އަހަންނަށް ނުހަނު އޯގާތެރިއެވެ. ނަޞޭހަތްދީ އަހަރެންގެ ހިތުގައިޖެހުފައިވާ ކަޅު ލައްތައް އެކަބުލޭގެ އަތުން ފޮހެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެދުވަހު އެކަބުލޭގެ އަތަކަށް އަހަރެންގެ ހިތެއް އެކަމަށްޓަކައި ވަގުފެއް ނުކުރަމެވެ. ގިނަރޭތަަކާއި ވަގުތުތައް ހޭދަވެފައިވާނީ އޭނާ އާއި ދުރުގައެވެ. ނިދުމަށް ގެއަށް އާދެވެނީ މެންދަމުގެ ވަގުތު ތަކުގައެވެ. އެހެންނަމަވެސް އަހަރެންގެ އިންތިޒާރުގައި އޭނާ ނުނިދާ އެނދުމަތީ ފޮރޮޅިލަ ފޮރޮޅިލަ އޮވެއެވެ. ހަމަ ވަނުމާއެކު ޚިދުމަތްކުރެއެވެ. އަދި ނަޞޭޙަތްދީ ހަދައެވެ. ( ނުނިމޭ )

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ