ލަންދޫ ސްކޫލުގެ ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަށް ހޯދުމަށް 14 ސެޕްޓޭމްބަރ 2010 ގައި ނެރުނު އެސުކޫލުގެ އިޢުލާން ނަމްބަރ GS-119/2010/10 ދިމާވި ކުޑަ މައްސަލައަކާއި ގުޅިގެން ބާތިލްކޮށް އެހެން އިޢުލާނެއް ނެރެފިއެވެ.
އެސްކޫލްގެ އިޢުލާން ނަމްބަރ GS-119/2010/11 (19 ސެޕްޓޭމްބަރ 2010) އިޢުލާނުގައި ވާ މަސައްކަތްތަކަކީ ސްކޫލުގެ ވަށާފާރު ރޭނުމާއި ސްކޫލުގެ ދެގޭޓް ދައްކާ ނަމޫނާއަކާއި އެއްގޮތަށް ހަދައިދިނުމާއި އަދި ހޯލް އިމާރާތުގެ ދޮރާއި ދޮރުފަތް ހަރުކުކުމުގެ މަސައްކަތެވެ.
އެމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިހިނގާ ސެޕްޓޭމްބަރ މަހުގެ 22 ވާ ބުދަދުވަހުގެ ހެނދުނެ 10:00 ށް ސްކޫލު އޮފީހަށް ދުރުވެ މަޢުލޫމަތު ސާފުކުރުމަށްވެސް އެއިޢުލާންގައިވެއެވެ. ހަމައެހެންމެ މަޢުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށައަޅާނެ ތަރީހަކީ މިހިނގާ ސެޕްޓޭމްބަރ މަހުގެ 27 ވާ ހޯމަދުވަހުގެ ހެނދުނު 10:00 ށް ސްކޫލު އޮފީހަށް ކަމުަގައިވެސް މިއިޢުލާނުގައި ވެއެވެ.
މަޢުލޫމާތު ސާފުކުރަން ނުދުރުވެ ހުށަހަޅާ އެއްވެސް އެސްޓިމޭޓެއް ބަލައި ނުގަންނާނެ ވާހަކަވެސް އެއިޢުލާންގައި ވެއެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ