٢٠١٠-٠٩-٢٨

އާދަމް ނަސީމްގެ ގެ ބެލުމުގެ ދަށުން ވެބްސައިޓެއް

ވިލާ ކޮލެޖުގައި އިންފޮމޭޝަން ޓެކްނޮލޮޖީ އިން ޑިގްރީ އަށް ކިޔަވަމުންދާ ނ.ލަންދޫ ކާމިނީވިލާ އަލަފާޞިލް އާދަމް ނަސީމު (ނަސިމްބެ) އިސް ލީޑަރަކަށް ހުންނަވައިގެން ވިލާ ކޮލެޖުގައި ބޭނުން ކުރަމުންއައި ވެބްސައިޓްގެ ބަދަލުގައި އައު ވެބްސައިޓް ތަޢާރަފް ކޮއްފިއެވެ. ޖުމްލަ 4 މެމްބަރުންގެ ހިމެނޭ ޓީމަކުން ކުރަމުންދާ މިމަސައްކަތުގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ނަސިމްބެ ކަން ވަރަށް އުފަލާއެކު ފާހަގަ ކުރަމެވެ. ނަސިމްބެގެ އިތުރަށް މި މަސައްކަތުގައި ހަރަކަތްތެރިވާ ފަރާތްތަކަކީ މުހައްމަދު ހަސަން، ފާރިޝް އަދި އަބްދުﷲ ސަލީމް އެވެ.
ނަސިމްބެ މިބްލޮގަށް އިތުރަށް މަޢުލޫމާތު ދެމުން ބުނީ އަދި މިހާތަނަށް ނިމިފައިވަނީ މިވެބްސައިޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކަމުގައެވެ. އެއީ މިމަސައްކަތުގެ %60 ކަމަށްވެސް ނަސިމްބެ ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ ވިލާ ކޮލެޖުގައި ކުރިން ބޭނުން ކުރަމުންދިޔަ ވެބްސައިޓް ރޭގެ ވަގުތެއްގައި އެއްކޮށް ފޮހެލާފައެވެ.
އިތުރަށް މަޢުލޫމާތު ދެމުން ނަސިމްބެ ބުނީ މިސައިޓަކީ ސެކިއުރިޓީ ގޮތުން ފުދޭވަރަކަށް ރަނގަޅަށް ތައްޔާރުކުރެވެމުންދާ ސައިޓެއް ކަމަށެވެ. މިމަސައްކަތަށް ވިލާ ކޮލެޖުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.
ލަންދޫހޮޅުއަށި.ޓީކޭ ޓީމުން ނަސިމްބެ އަށް އިތުރު ކުރިއެމާއި ކާމިޔާބީއަށް އެދެމެވެ.
އިނގިރޭސިބަހުން ތައްޔާރުކުރެވޭ ވިލާކޮލެޖްގެ ވެބްސައިޓް އެޑްރެހަކީ
www.villacollege.edu.mv

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ