٢٠١٠-٠٩-٢٨

ސުޕޯރޓްސް މީޓް ބުރާސްފަތިދުވަހަށް ފަސްކޮށްފި


ނ.ލަންދޫ ސުކޫލުގެ ސުޕޯރޓްސް މީޓް މާދަމާ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މިއީ ކޮންމެ އަހަރަކުވެސް ލަންދޫ ސުކޫލުގެ ދަރިވަރުންގެ މެދުގައި ބޭއްވޭ ހަރަކާތްތަކެކެވެ. އެގޮތުން މިފަހަރުވެސް ހަމަ އެހެން އަހަރުތަކެކޭ އެއްފަދައިން އެކުޅިވަރުތަކަށް އެއްވެސް ކަހަލަ އުނިކަމެއްނެތި ކުރިއަށް ގެންދެވޭނެއެވެ. ތިން ހައުސްގެ މެދުގައި ގެންދެވޭ މިހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4.00 ޖަހާއިރު ލަންދޫ ސުކޫލްގެ ފުޓްބޯޅަ ދަނޑުގައެވެ.
ސިއްތިމާވާ، ރެހެންދީ، އަދި ސިއްތިމާވާ ހައުސްގެ ކުދިންވެސް އަންނަނީ މި ހަރަކާތްތަކަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ސުޕޯރޓްސްމީޓަކީ އެހެން އަހަރުތަކުގައި އަހަރުގެ މެދުތެރޭގައި މި ސުކޫލުގެ ފަރާތުން ބާއްވަމުން އަންނަ ހަރަކާތެކެވެ. މިފަހަރު މިހަރަކާތް އެހާލަސްވީ ކިހިނެއްވެގެންތޯ މިބްލޮގުގެ ފަރާތުން ސުވާލުދެންނެވުމުން ލަންދޫ ސުކޫލުގެ ސުޕޯރޓްސް މާސްޓަރ އަލް އަޚް ޔޫސުފް ޢަބުދުއްރަޙީމް ވިދާޅުވީ " އެއީ މިފަހަރު މިނިވަންދުވަހުގައި އެހެން ހަރަކާތްތަކެއް ހިންގަން ޖެހުމުން ކަމަށެވެ. "
މިފަހަރުވެސް އެހެން އަހަރުތަކުގައި ބޭއްވޭ ކުޅިވަރުތައް ސުޕޯރޓްސް މީޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ބާރަށް ބައިސްކަލް ދުއްވުން، މަޑުން ބައިސްކަލް ދުއްވުން، އަސްދޫނިރޭސް، މުސަޅުރޭސް، މިފަދަ އެތައް ކުޅިވަރުތަކެކެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ