އެއްދުވަހަކު އެކުވެރި ދެ ރަޙްމަތްތެރިޔަކު ސަހަރާތެރޭ ހިނގަމުންދިޔަ އެވެ. އޭގެ ދެ މީހުން ސަހަރާގެ އަޑިގުޑަންތައް ހުރަސްކުރަމުންދިޔައީ އޮލަ ވާހަކައިގެ ތިބެއެވެ. މިހެން ގޮސް އެ ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަ ހޫނުވެގެން ގޮސް ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެގެން ހިނގައްޖެ އެވެ. އޭގެތެރެއިން އެކަކު އަނެކަކުގެ މޫނުމަތީ ޖަހައިފި އެވެ. އަނިޔާވި އެކުވެރިޔާ އޭނާގެ ރަޙްމަތްތެރިޔާ ދެކެ ވަރަށް ގަދަޔަށް ރުޅިއަ އެވެ. ނަމަވެސް އޭނާ އެކަމުގެ ބަދަލެއް ނުހިފަ އެވެ. އޭނާ ބިންމަތީ ދެކަކޫޖަހައި އިށީނެވެ. އަދި ބިމުގެ ވެލިގަނޑުގައި އަތުން ލިޔެލި އެވެ. މި އަދު އަހަރެންގެ އެކުވެރިޔާ އަހަރެންގެ މޫނުމަތީ ޖެހި އެވެ.
އޭގެ ދެ އެކުވެރިން ދެން ހިނގަމުންދިޔައީ ހިމޭނުން ތިބެ އެވެ. އެ މީހުންނަށް ހިނގަމުން ގޮސް ފެންގަނޑެއްގެ ކައިރިއަށް ދެވިއްޖެ އެވެ. އޭގެ ދެމީހުން އަރާމުކޮށްލުމަށް ފެންގަނޑުކައިރީ މަޑުކޮށްލި އެވެ. އަނިޔާލިބުނު އެކުވެރިޔާ ފަތާލަން ފެންގަނޑަށް އެރުނެވެ. ދެންހުރިމީހާ ކަދުރު ރުކެއްގެ ހިޔަލުގައި ޖައްސާލި އެވެ. ކަދުރު ރުކުގެ ދަށުގައި އޮތް މީހާ އެއްލި ކަޅިއަކުން އޭނާގެ އެކުވެރިޔާ ގެނބޭތަން ފެނުނެވެ. ވަގުތުން އޭނާ ތެދުވެ އެ ފެންގަނޑުތެރެއަށް ފުންމާލި އެވެ. އަދި އޭނާގެ އެކުވެރިޔާ ސަލާމަތްކޮށް އެއްގަމަށް އެރުވި އެވެ.
އޭނާގެ އެކުވެރިޔާއަށް ލިބިފައިވާ ސިހުން ފިލުމުން އޭނާ ހިލަގަނޑެއް ނެގި އެވެ. އަދި އޭގައި ބޮޑުއަކުރުން ކަނޑާނެދި އެވެ. މި އަދު އަހަރެންގެ އެކުވެރިޔާ އަހަރެން ސަލާމަތް ކޮށްދިނެވެ.
އޭނާގެ ގައިގައި ޖެހި، އަދި އޭނާ ސަލާމަތް ވެސް ކުރި އެކުވެރިޔާ އޭނާކުރެން އެއްސެވެ. "ތިބާ ކުރިން ވެލިގަނޑުގައި ލިޔެފައި މިހާރު ހިލައިގައި ތިޔަ ކަނޑާނަގަނީ ކީއްވެ ހެއްޔެވެ؟"
"ތިބާގެ އެކުވެރިއެއް ތިބާއަށް އަނިޔާއެއް ދީފިނަމަ އެވާހަކަ ލިޔަންވާނީ ވެލިގަނޑުގަ އެވެ. އޭރުން މާފުކުރުމުގެ ވައިރޯޅިތައް އެކަން ފޮހެލަފާނެ އެވެ. ނަމަވެސް ތިބާގެ އެކުވެރިޔަކު، ހެޔޮކަމެއް ކޮށްދީފިނަމަ އެ ވާހަކަ ލިޔެ ކަނޑާ ނަގަންވާނީ ހިލައިގަ އެވެ. އޭރުން އެކަމެއް ހަނދާނެއް ނުނެތޭނެ އެވެ." އޭނާގެ އެކުވެރިޔާ ޖަވާބުދިނެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ