އިއްޔެ މެންދުރުގެ ވަގުތެއްގައި ގެވަޅަށް އެދިފައިވާ މީހުންނާއި އެކުގައި ވަނީ ލަންދޫ ކައުންސިލަރ އަލް އަޚް މަޖުދުﷲ ޢަބުދުއްރައްޒާޤު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުން އޮތީ ނ.ލަންދޫ ސުކޫލުގެ ހޯލުގައެވެ. މިބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން އަލް އަޚް މަޖުދުﷲ ޢަބުދުއްރައްޒާޤު ވިދާޅުވީ ގޯއްޗަށް އެދިފައިޥާ 64 ފަރާތެއްވާކަމަށާއި އެތަނުން ފޯމްތައް އެނަލައިސްކުރުމަށްފަހު މާދަމާ ( 23-09-2010 ) ގޯތި ލިބޭ 59 ފަރާތަކަށް ގޯތި ދޫކުރާނެކަމަށެވެ. އެގޮތުން ގޯތި ދޫކުރެވޭނީ ގުރުއަތުލައިގެން ކަމަށެވެ.
ގިނަ ގޯތި ތަކެއް ދޫކުރަން ހަމަޖެހިފާވަނީ ލަންދޫގެ އިރުދެކުނު ފަރާތުންކަމަށްވެސް މި ބައްދަލުވުމުގައި އަލް އަޚް މަޖުދުﷲ ޢަބުދުއްރައްޒާޤު ވަނީ ވިދާޅުވެފައެވެ. އެހެނިހެން ފަހަރުތަކެކޭވެސް އެއްފަދައިން، މިފަހަރުވެސް ގޯތި ލިބުމުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ގޯތި ބަދަލު ކުރަން އެދޭނަމަ، އެކަންވެސް ހަމަޖެހިގެންދާނެ ކަމަށް އިތުރަށް މަޢުލޫމާތު ދެއްވަމުން ކައުންސިލަރ ވިދާޅުވިއެވެ. އެހެންނަމަވެސް މިކަން ކޮއްދެވޭނީ ގެވަޅު ދޫކުރުމުގެ ކުރިން އެކަމަށް އެދި ހުށަހެޅުމުން ކަމަށްވެސް ކައުންސިލަރ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ލަންދޫ ކަތީބް އަލް އަޚް ޙަސަން ނަޞީރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ