٢٠١٠-٠٩-٢٣

ރައްކާވެ ތިބިއްޔާ ދަތުރު

މިހާރަކަށް އައިސް އަނެއްކާވެސް ބައެއް ފަރާތްތަކުން ޤަވާޢިދާ ޚިލާފަށް އެއްގަމު އިންޖީނުލީ އުނޅަދު ފަހަރު އަންނަނީ ދުއްވަމުންނެވެ. ބާރު ސުޕީޑުގައި ދުއްވާފައި ދާއިރު ތިމާއަށާއި އަދި އެހެނިހެން ފަރާތްތަކަށްވެސް މިކަމުން ގެއްލުވެމެއް ވެދާނޭކަން ހަމަ ނުވިސްނެނީ ބާވައެވެ. ދިމާވާ އެކުސިޑެންޓެއްގެ ސަބަބުން މަރުގެ ރަހަ ދެކެން ޖެހެނީ ކިތައް މީހުން ބާވައެވެ. ނުކުޅެދިގެން އެދަނީ ކިތައް ޒުވާނުން ބާވައެވެ. އެފަދަ ބޮޑު ނުރައްކަލަކާ ތިމާ ކުރިމަތި ވުމުގެ ކުރިން ރައްކާތެރިވުމުގެ ގޮތުން ތިމާ އަރާ އިންނަ އުޅަނދުގެ ސުޕީޑް ދައްކޮށްގެން ދުއްވުން ވަރަށްވެސް ބުއްދިވެރިއެވެ.
ޚާއްޞަކޮށް ރާއްޖެ ތެރޭގެރަށްތަކަކީ ހާމަޔަށް ގިނަ ގޭގެ ދޮރުތައް ހެދިފައިވާ ރަށްރަށެވެ. އެހެންވުމުގެ ސަބަބުން ހެޔޮނުބައި ވަކިކުރަން ނޭންގޭ ކުޑަކުދިން މަގުމައްޗަށް ނުކުމެ ދާނެ ވަގުތަކަށް އުޅަނދުގައި އިންނަ މީހާ ވިސްނަންވާނެއެވެ. އަދި އެކުދިންގެ މައިންބަފައިންވެސް އެކުދިން ރައްކާތެރި ގޮތުގައި ބެލެހެއްޓުން ރަނގަޅުވާނެއެވެ.
ހިނދުކޮޅެއްގެ އުފަލެއް ހޯދައިގަތުމަށްވެސް އަރާއިންނަ އުޅަނދެއް ބާރު ސުޕީޑުގައި ނުދުއްވުމަށް މި ބްލޮގުގެ ފަރާތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތި އެންމެ އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވަމެވެ. އާއެކެވެ. ތިބާ ދުއްވިވަރަކަށް މެނުވީ އެ އުޅަނދު ނުދުވާނެއެވެ. އެހެންނަމަވެސް ތިބާ ދުއްވާފައި އެދާ ބާރުމިން ކުއްލި ގޮތުގައި އޮންނާނީ ވަގުތަށް ކޮންޓުރޯލް ނުވެފައިކަން ދަންނާށެވެ.

1 ޚިޔާލު:

ވާނުވާ يقول...

ragalhu vaahakaye. akam mirasuga tikan ragalhu vaanehen hiye nuveeee, eaya vure mihaar mirasuga slhalun maakuda.

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ