ލިޔުނީ : އެޑްމިން
( ކުރީގެ ޢަދަދާ ގުޅޭ )
ދޮރުހުޅުވާލިއިރު އަހަރެންގެ އަންހެނުން އިނީ ދެއަތްމަށްޗަށް ނަގާ ދުޢާކުރާށެވެ. އޭނާ އެދިި ގޮވަނީ އެންމެ ކަމަކަށެވެ. އެއީ އަހަރެންގެ އުޅުން މިނޫން އެހެން އުޅުމަކަށް ބަދަލުވުމުގެ ހެޔޮ ތަޢުފީޤު ދެއްވުން އެދިއެވެ. އިހުނަށްވުރެ ބޮޑަށް އަހަރެންގެ ހިތަށް މިމަންޒަރުން އަސަރު ކުރުވިއެވެ. އެހިނދުން ފެށިގެން ދުންފަތުގެ ވަބާއިންނާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ޢަޒުމު ކަނޑައަޅާފީމުއެވެ. އެހެންނަމަވެސް އެކުވެރިންނޭ ބުނަންހެއްޔެވެ. ފުރަތަމަ ދުވަސްކޮޅުގައި އަހަރެންގެ ލޮލަށް ނިދިވެސް ނާދެއެވެ. ޝައިޠާނާގެ ވަސްވާތައް އަހަރެންގެ މައްޗަށް ގަދަވެގަންނަން އުޅެއެވެ. އެހެންނަމަވެސް އެހިނދުގައިވެސް ﷲ އަށް ބިރުވެތިވެ އެކަލާނގެ ހަނދުމަ ކޮށްލަނީއެވެ. ހިސާހިތަކު އެވަސްވާތައް ފިލައިގެން ދެއެވެ.
އަހަރެން އުޅުން ދުވަހެއް ދުވަހަކަށް ބަދަލުވާކަން އަހަރެންގެ އަންހެނުންނަށް އިޙްސާސް ވުމުން އޭނާގެ އޯގާތެރިކަމާއި ހިތްހެޔޮކަން ދެގުނައަށް އަހަރެންގެ މަށްޗަށް އިތުރުވެގެން ދިޔައެވެ. އޭގެފަހުން އަހަރެންގެ އަންހެނުންގެ ރުއިމުގެ އަޑެއް އަދި ކަރުނަ އައިސްފައިވާތަނެއް އަހަރެން ނުދެކެމުއެވެ. އޭރުގައި އަހަރެން ގެންގުޅުނު ބައިވެރިންތައްވެސް މިއަދު އަހަންނާ ކުރަނީ މަލާމާތާއި ފުރައްސާރައެވެ. މިއަދު އެމީހުންގެ ކުރިމަތީގައި އަހަރެންވަނީ ފިޑި ނުކެރޭ މީހަކަށް ވެފައެވެ. އެމީހުން އެމީހުންގެ ގޮތުގައި އަދި އަދަށްވެސް ދެމިތިބީއެވެ. ބަދަލުވުމެއް ނެއް ގޮތުގައެވެ. އަހަރެންގެ އަންހެނުންގެ އިތުރުން ރަށު އެހެން ރައްޔިތުންގެ ކިބައިން ވެސް ލޯތްބާއި އިޙްތިރާމާއި ޤަދަރު މިއަދުވަނީ އަހަންނަށް ލިބިފައެވެ. އޭރު އަހަންނަށް އެގޮތަށް އުޅެވުނީ ކޮންކަމެއް ޙާޞިލް ނުވެގެންބާވައެވެ. ކޮން އެއްޗެއް ނުލިބިގެން ބާވައެވެ. އެހެން އުޅެގެން ލިބުނު މޮޅެއް ފެންނާކަށް ނެތެވެ. އެއީ ހަމަ އަހަރެންގެ ޙަޔާތުން ފާއިތުކޮށްލެވުނު ބޭކާރު ޒަމާންތަކެކެވެ. މަސްތުވަތަކެތީގެ ވަބާގައި ޖެހިގެން އުޅުނު ދުވަސްވަރު ލިބުނީ އަނިޔާ އާއި ހިތްދަތިކަމެވެ. އެހެންނަމަވެސް މިއަދު އަހަރެންގެ އަންހެނުންގެ އަތުގައި ހިފާ، ﷲ އަށް ބިރުވެތިވުމުން ލިބުނު ހިތްހަމަޖެހުމެއް ދުވަހަކުވެސް އިންސާނަކަށް ތަޞައްވުރުވެސް ނުކުރެވޭނެއެވެ. އާއެކެވެ. އެކަލާނގެ އަހަރެމެންނަށް ނުފެނުނަސް، އެކަލާނގެ އަހަރެމެންގެ މައްޗަށް ބައްލަވާ ވޮޑިގެން ވެއެވެ. ( ނިމުނީ )

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ