٢٠١٠-٠٩-٢٤

ސައްބިސް ލީގުގެ މެޗްތަކަށްފަހު މިއަދު އެކުވެރިކަމުގެ މެޗެއް ކުޅެފި

ޖުލައިމަހުގެ މެދުތެރޭގައި ލަންދޫގެ ކުޑަކުދިންތަކެއް އިސްނަގައިގެން ސައްބިސް ލީގުގެ މެޗްތަކެއް ވަނީކުޅެފައެވެ. މި މެޗްތައް ކުޅުމަށްޓަކައި 4 ޓީމެއްވަނީ ހޮވާފައެވެ. މިއަދާ ހަމައަށްވެސް އެޓީމްތަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ.
އެގޮތުން މިއަދު ހެނދުނު 6.15ގައި ފެށި މި މެޗްގައި ބައްދަލުކުރީ ސައްބިސް ކުލަބްއާއި އެފް.ސީ ސުޓަރ އެވެ. ފޯރިގަދަ ކުޅުމެއް ފުރަތަމަ ހާފުގައި ދެއްކުމަށްފަހު ހާފުގެ ކުރީކޮޅުގައި ވަނީ އެފް.ސީ ސުޓަރ އިން ކުރި ހޯދާފައެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަހައި ދީފައިވަނީ އެފް.ސީ ސުޓަރ ފިރުޝާނު (ވާވާ) އެވެ. އެހެންނަމަވެސް ތަފާތު ކުޅުމެއް ދައްކަމުން ހަމަ އެހާފުގައި ސައްބިސްކުލަބުގެ ގެ ނައުފަލް ވަނީ ގޯލެއް ޖަހާ މެޗްގެ ސުކޯރ އެއްވަރުކޮށްފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ދިޔައީ ދެޓީމުންވެސް މޮޅުވުމުގެ އުއްމީދުގައެވެ. އެގޮތުން ޓީމްތަކުގެ ފޯރމޭޝަން ބަދަލުކޮށް ކުޅެވުނު މިހާފުގެ މެދު ތެރޭގައި ސައްބިސްކުލަބުގެ ޙަސަން (ދަޅު) ވަނީ ގޯލެއް ޖަހައި ޓީމަށް ކުރި ހޯދަދީފައެވެ. ދެހާފުގައިވެސް ސައްބިސްކުލަބު ގެ ކީއްޕާރ އަޒުމީ ވަނީ ވަރަށް ރަނގަޅު ސޭވުތަކެއް ކޮށްފައެވެ.
މެޗްގެ ކުޅުން ނިމިގެން ދިޔައީ 2-1 ކުން ސައްބިސްކުލަބު މޮޅުވެގެންނެވެ. މިއީ ފުޓްބޯޅަ ކުރިއެރުވުމަށާއި އަދި އެކުވެރިކަން ބަދަހިކޮށްލުމުގެ ގޮތުން ބޭއްވުނު މެޗެކެވެ. މިފަދަ އެހެން މެޗެއް އަންނަ ހުކުރު ދުވަހުގެ ހެނދުނުވެސް ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މިބްލޮގުގެ ފަރާތުންވެސް މިފަދަ މެޗްތައް ކުޅެ ކުޑަކުދިންގެ ހުނަރުވެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން ވަރަށް މުހިންމު ކަމުގައި ދެކެމެވެ. މުސްތަޤުބަލުގައި ފުޓްބޯޅަ އިން ލަންދޫ ތަމްޞީލް ކުރަން ތިބޭނީ ތިޔަފަދަ ކުދިންނެވެ.
މިމެޗްގެ ރެފްރީކަން ކޮށްދީފައިވަނީ ލަންދޫގައި ކުރިއަރަމުން އަންނަ ކީއްޕަރެއް ކަމުގައިވާ އަޙްމަދު ޝަކީލްއެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ